Advertisement

ޖުވެނައިލް ކޯޓުގެ ވެބްސައިޓަށް އިންޑިއާގެ ހެކަރުން ކަމަށް ބުނާ ބަޔަކު އަރުވާފައިވާ މެސެޖްގެ ސްކްރީން ޝޮޓެއް --

10 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާގެ ހެކަރުން ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް އިންޒާރުދީފި

އިންޑިއާއަށް ނިސްބަތްވާ ހެކަރުންގެ ގުރޫޕަކުން ރާއްޖޭގެ ޖުވެނައިލްކޯޓުގެ ވެބްސައިޓް ހެކްކޮށްފިއެވެ.

އެވެބްސައިޓް ހެކްކޮށް ވެބްސައިޓްގެ ފްރޮންޓް ޕޭޖަށް މިހާރު އަރުވާފައި ހުރީ އިންޑިއާގެ ދިދަ އާއި ހެކަރުންގެ ގުރޫޕުން ދިވެހިރާއްޖެއަށާއި ދިވެހި ސަރުކާރަށް ދީފައިވާ އިންޒާރުގެ މެސެޖެކެވެ. އެމެސެޖުގައި ބުނެފައި ވަނީ، ވެބްސައިޓް ހެކްކޮށްފައި ވަނީ، ޓީމް ނެޓްވޯކް9 ނަމަކަށް ކިޔާ ގުރޫޕަކުން ކަމަށެވެ.

އަދި އެއީ އިންޑިއާގެ ބޮޑުވަޒީރަށާއި އިންޑިއާގެ ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނައިބު ވަޒީރުންގެ ގޮތުގައި ތިބި ތިން ބޭފުޅުން ކުރި ފުރައްސާރައިގެ ބަދަލުހިފުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މިޖެނުއަރީ މަހުގެ 4 ވަނަ ދުވަހާއި 5 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ބެލުމުގެ ދަށުގައި އޮންނަ ލަކްޝަދީބުގެ ރަށްތަކަށް ޒިޔާރަތްކުރައްވައި ސޯޝަލްމީޑިއާގައި ފެތުރި ޕޯސްޓްތަކަށް، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަނުކުރައްވާފައިވާ ތިންބޭފުޅަކު ކުރެއްވި ބޭއަދަބީ ކޮމެންޓްތަކާއި ގުޅިގެން އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލުމުގެ އިތުރުން އިންޑިއާގެ ހެކަރުން ދަނީ، ސަރުކާރުގެ އިދާރާތަކާއި، ރިޒޯޓްތަކުގެ ވެބްސައިޓްތަކަށް ސައިބާ ހަމަލާތައް ދެމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.