Advertisement

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮޕް-28ގެ ހަވާސާގެ ތެެރެއިން ބޭއްވެވި ބައްދަލުކުރެއްވުން --

09 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޑރ. މުއިއްޒު ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވުރެ ކުރިން އިންޑިއާއަށް ވަޑައިގެންނެވުމަށް ހުށައެޅުއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 17 ނޮވެމްބަރުގައި ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން، ހުސްވި ޑިސެމްބަރު މަހު އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހުށައެޅުއްވި ކަމަށާއި އެދަތުރުފުޅު ލަސްވެގެން ދިޔައީ އިންޑިއާ ސަރުކާރުން އެކަމަށް އިޖާބަ ނުދީ އޮތުމުން ކަމުގައި ހާމަވެއްޖެއެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުންތައް ހީނަރުވެ މަޝްރަހް ހޫނުވެފައިވާ މިދަނޑިވަޅުގައި އިންޑިއާ ޓުޑޭގެ ނޫސްވެރިޔާ ގީތާ މޯހަން ވަނީ ރާއްޖެއައިސް ޚަބަރުތައް ގެނެސްދޭން ފަށާފައެވެ. އެކްސްގައި 77000 ވުރެ ގިނަ މީހުން ފޮލޯ ކުރާ ގީތާ މޯހަން އޭނާގެ އެކްސް އެކައުންޓުގައި މިއަދު ހެނދުނު ކުރި ޕޯސްޓްގައި ބުނެފައި ވަނީ އޭނާއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނެވުމަށް ހުށައެޅުއްވި ހުށައެޅުމާއި ގުޅޭ ގޮތުން މިހާތަނަށްވެސް އިންޑިއާއިން ތާރީޚެއް ދީފައި ނުވާތީ އެދަތުރުފުޅު ހަމަނުޖެހި އޮތީ ކަމުގައެވެ.

އިންޑިއާ ޓުޑޭ ގެ ނޫސްވެރިޔާ ގީތާ މޯހަން އެކްސްގައި ކުރެއްވި ޕޯސްޓް --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ތުރުކިޔޭއަށް ވަޑައިގެންނެވިއިރު، ދެވަނަ ދަތުރުފުޅުގައި މިހާރު ވަޑައިގެން ހުންނެވީ، ޗައިނާގައެވެ. އިންޑިއާއަށް ވަޑަިއގެންނެވުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ވަޑައިގެންނެވުމުން، އިންޑިއާގެ ސިޔާސީ ބޭފުޅުންނާއި އަދި މީޑިއާތަކުންވެސް ވަނީ ދިވެހި ސަރުކާރަށް ފާޑުކިޔާފައެވެ.

ރައިސް ޑރ. މުޙައްމަދު މުޢިއްޒާއި މެދު އިންޑިއާ ސަރުކާރާއި ސިޔާސީ ފަރާތްތަކުގެ މެދުގައި އޮތް އެންމެ ބޮޑު ނުރުހުމަކީ، ވެރިކަން ހޯއްދެވުމަށް އެމަނިކުފާނުވެސް ބައިވެރިވެވަޑައިގެން "އިންޑިއާ އައުޓް" ކެމްޕޭން ހިންގަވާފައިވުމެވެ. އަދިި ވެރިކަމުގެ ފުރަތަމަ ދުވަހުގައި އެމަނިކުފާނު ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އިންޑިއާ ސަރުކާރުގައި އެދިފައެވެ. 

ރާއްޖެއާ އިންޑިއާ އާއި ދެމެދު މިހާރު ގުޅުން ގޯސްވެގެން އުޅެނީ ސަރުކާރުގެ އިސް މަޤާމުތަކެއްގައި ތިއްބެވި ތިންބޭފުޅަކު އިންޑިއާ ސަރުކާރަށާއިމ ބޮޑުވަޒީރަށް އަދި އިންޑިއާގެ ރައްޔިތުންނަށް އެކްސްގައި ފުރައްސާރަ އާއި މަލާމާތްކޮށް ކުރި ޕޯސްޓްތަކާއި ގުޅިގެންނެވެ. އެއާއި ވިދިގެން އިނޑިއާގެ ސިޔާސީ ފަރާތްތަކުންނާއި، ސިޔާސީ އެކްޓިސްޓުން ދަނީ ރާއްޖެ ބޮއިކޮޓް ކުރުމުގެ ކެމްޕޭނެއް ހިންގަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.