Advertisement

ސަރުކާރު ކޯލިޝަނުން މޭޔަރު އިންތިޚާބުގައި ކުރި ކެމްޕޭނުގެ ތެރެއިން --

15 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ، އަނެއްކާވެސް ފަސްކޮށްފި

ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީގެ ފަރާތުން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީގެ ވޯޓު ނެގުން އަނެއްކާވެސް ފަސްކޮށްފިއެވެ.

އެކޯލިޝަނުން އެންމެ ފަހުން ޕްރައިމަރީ ބޭއްވުމަށް ނިންމީ، މިހިނގާ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގައެވެ. އެހެން ނަމަވެސް މިހާރު އެތާރީޚު ވަނީ ޖެނުއަރީ 27އަށް ބަދަލުކޮށްފައެވެ.

ޕީއެންސީގެ އިސްބޭފުޅަކު ވިދާޅުވީ، ޖެނުއަރީ 27 ވަނަ ދުވަހުގައި އިންތިޚާބު ބާއްވާގޮތަށް ފަސްކުރީ، ޕްރައިމަރީ ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުަމަށް ވަގުތު ހޯދުމަށްޓަކައި ކަމަށެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރޭނެ ކަމުގައި އެޕާޓިން ބުނެފައިވެއެވެ. އަދި މިހާތަނަށް 10 ދާއިރާއެއްގެ ކެންޑިޑޭޓުންނަށް ވަނީ ޕްރައިމަރީއަކާއި ނުލައި ޓިކެޓްދިނުމަށް ނިންމާފައެވެ. 

ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި އެޕާޓީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުތުރުމުގެ ޝައުޤުވެރިކަން 354 ފަރާތަކުން ވަނީ ފާޅުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.