Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

14 Jan 2024
ޚަބަރު

މަޖިލިސް އިންތިހާބު އެމްޑީޕީން ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރާނެ: އާޒިމް

ރައްޔިތުންގެ މަޖިލިސް އިންތިހާބު އެމްޑީޕީން ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކުރާނެ ކަމަށް މާލޭ މޭޔަރުކަމަށް އިންތިހާބުވި އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ.

މޭޔަރުކަމަށް އިންތިހާބުވުން ފާހަގަކުރުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި އާޒިމް ވިދާޅުވީ، ދެން އެންމެ ބޮޑު އަމާޒަކީ މަޖްލިސް އިންތިހާބު ކަމަށާއި، އެ އިންތިހާބު ކާމިޔާބު ކުރާނީ ބޮޑު އަގުލަބިއްޔަތުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ބައެއް ފަހަރު މާޔޫސްކަން ފެނުނަސް ފަހަތެއް ނުފެނޭ. އަޅުގަނޑުމެންނަށް ފެންނަނީ ކުރި. އެމްޑީޕީގެ ކުރިމަގު ވަރަށް އުޖާލާ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ހުރިހާ މެންބަރުން ވެސް މަސައްކަތްކުރަންވީ ޕާޓީ އިތުރަށް ވަރުގަދަކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީއިން އަބަދުވެސް ފެންނަނީ ކޮންމެ ކާމިޔާބީއަކާ އެކީވެސް މަޑުކޮށްލާތަން ކަމަށާއި، އެކަން ބަދަލުކޮށް ކޮންމެ ކާމިޔާބީއަކާ އެކު ގަދަޔަށް، ބާރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އާޒިމްގެ އިތުރުން މިއަދުގެ އިންތިހާބުގައި ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާޒިމާ ޝަކޫރާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ސައިފު ފާތިހާއި އަމިއްލަ ގޮތުން ވާދަ ކުރެއްވި ހުސެއިން ވަހީދާއި ޝުއައިބު އަލީއެވެ.

އާޒިމް މޭޔަރު އިންތިހާބު ކާމިޔާބުކުރެއްވީ 44.8 ޕަސެންޓު ކާމިޔާބުކުރައްވައިގެންނެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ މިނިސްޓަރު، އާޒިމާ ޝަކޫރަށް ލިބިވަޑައިގެންނެވީ 29.6 ޕަސެންޓެވެ.

މިއަދުގެ އިންތިހާބުގައި 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. ނަމަވެސް ވޯޓުލާން ނުކުތީ 31 ޕަސެންޓު މީހުންނެވެ. އެއީ 17442 މީހުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.