Advertisement

މާލެ ސަރަހައްދަށް މިއަދު ވައި ނުސާފުވެފައި

15 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ވައި ނުސާފުވެ ދުރު ފެންނަ މިންވަރު 5 ކިލޯ މީޓަރަށް ދަށްވެއްޖެ

އިރުވައި މޫސުމާއި އެކު ކޮންމެ އަހަރަކުވެސް ވައި ނުސާފުވުުގެ މައްސަލަ ކުރިމަތިވާއިރު، މިއަދު ދުރު ފެންނަ މިންވަރު 5 ކިލޯމީޓަރަށް ދަށްވެއްޖެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އާއްމު ދުވަހެއްގައި ހަމަލޮލަށް 10 ކިލޯމީޓަރަށްވުރެ ދުރު ފެންނާނެ ކަމަށެވެ. އެހެން ނަމަވެސް މިފާއިތުވެ ދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި ދުރުފެންނަ މިންވަރު، 5 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ސަރައްހަދުގައި ވައި ނުސާފުވެފައި ވަނީ، އިރު އުތުރުން ޖެހޭ ބާރުވައިގެ ސަބަބުން ކަމަށެވެ. މިގޮތުން އުތުރު އިންޑިއާ އާއި އިންޑިއާ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ވައި ވަނީ ވަރަށް ބޮޑަށް ނުސާފުވެފައެވެ.

ހިމާލިޔާ ފަރުބަދަ ތަކުގެ ދެކުނުން އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުގައި އުފެދޭ ހިރަފުހާއި ދުން ދަނީ، ބާރުވަޔާއި އެކު ދެކުނުގެ ސަރަހައްދުތަކަށް ފެތުރެމުންނެވެ. 

އިއްޔެއާ މިއަދު އިންޑިއާގެ ވެރިރަށް ދިއްލީގައި ނުރައްކާތެރި ދަރަޖައަކަށް ވަނީ ވައި ނުސާފުވެފައެވެ. މިގޮތުން ވައި ނުސާފު މިންވަރު އިއްޔެ ދިއްލީގައި ހުރީ، 458 ގައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.