Advertisement

ލިޓަސް އޮޓޯ މޮބައިލްސްއިން އެމްއެންޑީއެފަށް ހަދިޔާކުރި ސައިކަލުތައް -- ފޮޓޯ: އެމްއެންޑީއެފް

14 Jan 2024
ޚަބަރު

ލިޓަސްއިން އެމްއެންޑީއެފަށް 3 ސައިކަލު ހަދިޔާކޮށްފި

ލިޓަސް އޮޓޯމޯބައިލްސްގެ ސީއެސްއާރުގެ ދަށުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑަށް ހައުޖިއު ބްރޭންޑްގެ ތިން ސައިކަލް ހަދިޔާކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ލިޓަސް އޮޓޯ މޯބައިލްގެސް ހެޑް އޮފީހުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ސައިކަލްތައް އެމްއެެންޑީއެފާއި ހަވާލުކޮށްދެއްވީ ލިޓަސް އޮޓޯމޯބައިލްސްގެ ޖެނެރަލް މެނޭޖަރ، އަޙްމަދު ޒާހިރުކަމަށެވެ. އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ފަރާތުން ސައިކަލްތަކާ ހަވާލުވެލެއްވީ މާލެ އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދެވެ.

އެމްއެންޑީއެފުން ވިދާޅުވާ ގޮތުގައި، މި ސައިކަލްތައް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ކޮމްޕޯނަންޓްތަކުގެ އޮޕަރޭޝަނަލް ބޭނުންތަކަށެވެ.

ލިޓަސް އޮޓޯ މޯބައިލްސްއިން މާލެ އޭރިއާ ކޮމާންޑަރ ހަދިޔާ ކުރައްވާފައިވަނީ ހައުޖިއު ޓީއާރު 150އެސްގެ ނޫ ކުލައިގެ ތިން ސައިކަލުކަމަށްވެސް އެމްއެންޑީއެފުން ހާމަކުރައްވާފައި ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.