Advertisement

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން --

14 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް އިތުރު ކުންފުންޏެއް އުފައްދަވަން ނިންމަވައިފި

ސަރުކާރުގެ މަޝްރޫޢުތައް ހިންގުމަށް އެމްޓީސީސީ ފިޔަވައި އިތުރު ކުންފުންޏެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއި އެކު ރައީސުލްޖުމްހޫރިއްޔާ ޑޜ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިކަން ހާމަކުރެއްވީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންނެމެވުންތަކާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.

ނާޒިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވީ، ސަރުކާރުން ކުރިޔަށް ގެންދާ އިންފްރާސްޓްރަކްޗަރގެ ގިނަ މަޝްރޫއުތަކެއް ހުއްޓިފައި ވުމާއި އެކު، އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ. 

"އެމްޓީސީސީގެ އިތުރުން އެފަދަ އެހެން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުން. އެނގިވަޑައިގަންނަވާނެ ފަދައިން، އެމްޓީސީސީގައި ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ފުނިޖެހިފައި. އެބޭފުޅުންނަށް ކުރެވޭ ވަރަށް ވުރެ، މަސައްކަތްތަކުގެ އަދަދު ގިނަވެ، މަސައްކަތްތައް ބޮޑުވެފައި ވާތީ، އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، ކުރެވުނު މަޝްވަރާއެއް، މިމަޝްވަރާއަކީ." 

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް

މީގެ އިތުރުން ނާޒިމް ވިދާޅުވީ، މިއަދުގެ ވަޒީރުންގެ މަޖިލީހަށް މިނިސްޓްރީ އޮފް ފިނޭންސް އިން ހުށައެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައި، ދައުލަތުގެ ކުންފުނިތަކަކީ ފައިދާވާ ކުންފުނިތަކަށް ހެދުމުގައި އަމަލު ކުރާނޭ ގޮތާއި ގުޅޭ ސިޔާސަތުތަކެއް އެކުލަވާލެއްވުމަށްވެސް ނިންމެވި ކަމަށެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކީ، މިއަހަރު ބޭއްވި ވަޒީރުންގެ މަޖިލީހުގެ 2 ވަނަ ބައްދަލުވުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.