Advertisement

އާސަންދަ ކުންފުނީގެ އިސްވެރިން --

17 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އާސަންދަ ކުންފުނިން ބުނެފި

އޮތްތަނުގައި ތައިލެންޑް އަދި ޔޫއޭއީ އަށްވެސް ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީވެ އާސަންދަ ކުންފުނިން އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއިއެކު ކުރަމުން ގެންދާކަމުގައި އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން މިވަގުތު ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާ އަދި ސްރީލަންކާއަށެވެ.

އާސަންދަ ކުންފުނިން ބުނީ، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އިންޑިއާ އާއި ސްރީލަންކާ ނޫން އެހެން ޤައުމުތަކަށް ބަލިމީހުން ފޮނުވަން އާސަންދަ ކުންފުނިން "ދެކޮޅު" ކަމުގައި ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުން ދަނީ، ޙަޤީގަތާއި ޚިލާފަށް ކަމަށެވެ.

އަދި މީޑިޔާ ތަކުގައި އެގޮތަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސް.އޯ.އީ ކޮމިޓީގައި މަޖިލިސް މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި، މި ޚިދުމަތް އިތުރު ޤައުމުތަކަށް ފުޅާކުރުމުގެ ވިސްނުމެއް އޭރު ނެތްކަމަށް މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ވިދާޅުވުމުގެ މަފްހޫމް އޮޅޭގޮތަށްކަމުގައިވެސް އާސަންދަ ކުންފުނުން ވަނީ ބުނެފައެވެ.

އެކުންފުނިން ބުނީ، އޭރު ސަރުކާރުން މި ޚިދުމަތް ފުޅާކުރުމަށް ނިންމާ އިޢުލާންކޮށްފައި ނުވާކަމަށާއި، އެހެންކަމުން، މިހާރު، ސަރުކާރުން ރަސްމީކޮށް އެކަން އިޢުލާންކުރުމުން، އޭގެ މާ ކުރިން ދެކެވިފައިވާ ވާހަކަތަކަކަށް ރިޢާޔަތްކޮށް އެއީ އެ ކުންފުނިން "ދެކޮޅު" ކަމެއްގެ ގޮތުގައި ޢާއްމުންނަށް ސިފަވާހެން ޚަބަރު ފެތުރުމަކީ ކަމުގެ ޙަޤީޤަތް އޮޅި ރައްޔިތުންގެ ހިތްތަކުގައި ނުތަވަސްކަން އުފެދޭނެ ކަމެއް ކަމުގައި ދެކޭކަމަށެވެ.

ވީމާ މިފަދައިން ޚަބަރުތައް ގެނެސްދެއްވާއިރު ކުންފުނީގެ ބަހެއް ހޯއްދަވާ، ކަމުގެ ޙަޤީޤަތް ސާފުވާނެހެން ޚަބަރުތައް ގެނެސްދެއްވުމަކީ އާސަންދަ ކުންފުނިން ވަރަށް ބޮޑަށް އެދޭކަމެއް ކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ.

އާސަންދަކުންފުންޏަކީ ސަރުކާރު ބަޖެޓް ދެއްވައިގެން ދިވެހިރައްޔިތުންގެ ބޭސްފަރުވާގެ ސްކީމް ހިންގަމުންގެންދާ ކުންފުންޏެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.