Advertisement

އެމްޑިޕީގެ ޗެއާ ޕާސަން ފައްޔާޒް އިސްމާއީލް -- ފޮޓޯ: ނޫން.އެމްވީ

17 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އަނިޔާވެރިކަމާ އޮޅުވާލުމާ ހުދުމުހުތާރުކަން "ހައްޔަރުކުރުމަށް" ފައްޔާޒު ގޮވާލައްވައިފި

އަނިޔާވެރިކަމާ އޮޅުވާލުމާ ހުދުމުހުތާރުކަން ހައްޔަރުކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން މިހާރު މިއޮތީ ޖެހިފައި ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، މިރޭ އެކްސްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

ސަރުކާރަށް އަމާޒުކޮށް ފައްޔާޒު ވިދާޅުވީ، ސަރުކާރުގެ " މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް މިއައީ" ކަމަށެވެ. އަދި الله ގެ އިރާދަފުޅާއެކު އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބޭނެ ކަމުގައިވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، މިސަރުކާރުގެ ވެރިން ވަނީ ރައްޔިތުންނަށް އެތައް ކަމެއް އޮޅުވާލައި ދޮގު ހަދާފައިކަން މީގެ ކުރިންވެސް އެތައް ފަހަރަކު ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ.

ފައްޔާޒު މިމޭރުމުން މިވާހަކަފުޅު ދެއްކެވީ ސީދާ ކޮންކަމަކާއި ގުޅިގެންކަން ހާމަކުރައްވާފައި ނުވި ނަމަވެސް ސަރުކާރުން ޗައިނާ އާއި އެކު އަޑިނޭނގޭ އެއްބަސްވުންތަކެއް ވެފައިވާކަމުގައި ފައްޔާޒު މީގެ ކުރުން ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކުރަމުންދާ މައްސަަލަވެސް އެމްޑީޕީން ވަނީ ކުއްވެރިކޮށްފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.