ޚަބަރު
28 Jan 2024
ޚަބަރު
އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރއެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ހަމަޖެއްސެވުމަށް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
28 Jan 2024
ވިޔަފާރި
ބީއެމްއެލްގެ ކިޔަވާ ލޯނާއި، އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް ދަށްކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް އަނެއްކާވެސް ދަށްކޮށްފިއެވެ. ބީއެމްއެލްއިން ބުނީ 24 ޖަނަވަރީ ވަނަ ދުވަހު ބޭއްވުނު ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައިވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް %2.5 އަށް ދަށްކުރުމަށް ނިންމާފައިކަމަށެވެ. މިހާރު ނަގާފައިވާ ފެސިލިޓީސްގެ އިތުރުން އަލަށް އެދި ހުށައަޅާ ފެސިލިޓީސްގެ އަށްވެސް 1 ފެބްރުވަރީ 2024 އިން ފެށިގެން ކަނޑައަޅާފައިވަނީ މި ރޭޓްކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
28 Jan 2024
ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާރާމާރީ ހިންގައި މެމްބަރު ޝަހީމްއަށް އަނިޔާވެއްޖެ
ދާދިފަހުން އެމްޑީޕީ ދޫކުރައްވައި ސަރުކާރު ޕާޓީ ޕީއެންސީއަށް ސޮއެކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބުދުﷲ ޝަހީމްއަށް އަނިޔާވީ އެމްޑީޕީއަށް ނިސްބަތްވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާއާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައެވެ.
28 Jan 2024
ޚަބަރު
މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުނަށް ރުހުން ދިނުމަށް މިއަދު ބޭއްވި އެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހުރަސް އަޅައި މުޅި މަޖިލީހުގެ ނިޒާމު ގެއްލުވާލުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމަކީ ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވާއިރު އެ ވޯޓު ނެގުމަށް ސަރުކާރު މެމްބަރުން ފުރުސަތު ނުދެނީ ޑިމޮކްރަޓިކް ޕްރޮސެސްއަށް ހުރަސް އެޅުމަށް ކަމުގައި ދެކޭ ކަމުގައިވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
28 Jan 2024
ޚަބަރު
ސަރުކާރު ކޯލިޝަންގެ މެމްބަރުން މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައިފި
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅައި، އެޤަރާރުގައި މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ތުހުމަތުކޮށްފައި ވަނީ، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި، މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ވަކިޕާޓީއެއްގެ މަސްލަޙަތު ކުރިއަރުވަން އުޅޭ ކަމަށެވެ.
28 Jan 2024
ޚަބަރު
ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް ބެލެވޭތީ ސަރުކާރަށް ތާއީދުކުރާ މެމްބަރުން މަޖިލިސް ހުއްޓުވައިފި
މަޖިލީހުގެ ޖަލްސާ އިންޓަވަލްއަށް މެދު ކަނޑާލުމަށްފަހު، 1:30ގައި ވޯޓަށް އަހަން ހަމަޖައްސާފައި ވަނިކޮށް ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް ހުރަސް އެޅުމަށްޓަކައި ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން، މަޖިލީހުގެ ޗެމްބަރަށް ވަދެ އިދިކޮޅު މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭނެހެން މަޖިލީހުގެ ޗެމްބަރު އެތެރެއިން ވަނީ ތަޅުލާފައެވެ. އަދި މިވަގުތާއި ހަމައަށްވެސް މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންދެވޭ ގޮތް ވެފައި ނުވަނީ ޖަލްސާ ކުރިޔަށް ގެންދިޔުމަށް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ހުރަސްއަޅަމުން ދިޔުމާއި ގުޅިގެންނެވެ.
28 Jan 2024
ޚަބަރު
ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައިފި
ވަޒީރުންގެ ތެރެއިން، ރުހުން ނުދިނުމަށް ނިންމާފައިވާ ބޭފުޅުންގެ ތެރޭގައި، ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި، ނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިޞަލް ހިމެނިވަޑައިގަންނަވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
28 Jan 2024
ޚަބަރު
ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކުރީގެ ގިނަ މަޖިލިސް މެންބަރުންނަށް ކަށަވަރު ވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅުން ހޮވުމަށްޓަކައި ކުރިއަށްގެންދިޔަ ޕްރައިމަރީގައި މަޖިލިސް މެމްބަރުކަން ކުރައްވާފައިވާ ގިނަ ބޭފުޅުންތަކަކަށް ޓިކެޓު ކަށަވަރުވެއްޖެއެވެ.
28 Jan 2024
ޚަބަރު
ހަތަރު ރަށެއްގައި ޕޮލިސް ޕޯސްޓް ހުޅުވައި ހިދުމަތްދޭން ފަށައިފި
އުތުރުގެ ހަތަރު ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި، ހިދުމަތްދޭން ފަށައިފި. ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށާފައި ވަނީ ބ. މާޅޮހާއި، ކިހާދޫ އަދި ނ. ޅޮހީގެ އިތުރުން ހެނބަދޫގައެވެ.
28 Jan 2024
ޚަބަރު
ފުވައްމުލަކުގައި މޫދަށް އެރި އުޅުނު ދިވެއްސަކު މަރުވެއްޖެ
ފުލުހުން ވިދާޅުވީ މިހާދިސާގައި މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ގެނބިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހެނދުނު 7:30 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.
28 Jan 2024
ޚަބަރު
​ކުރީގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަނީ
ކުރީގެ މިނިސްޓަރ ޢިމްރާން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާނެކަން ޢަދާލަތުޕާޓީން ވަނީ ޢިއުލާނުކޮށްފައެވެ. އެޕާޓީން ބުނީ މަޖިލީހަށް އެޕާޓީގެ ރައީސް އިމްރާން ވާދަކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާއަށެވެ. އެދާއިރާއަކީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގައި އަދާލަތުޕާޓީއަށް ގޮނޑިއެއް ކާމިޔާބު ކުރެވުނު ހަމައެކަނި ދާއިރާއެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެގޮނޑި ފުރުއްވީ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނަޢީމެވެ.
27 Jan 2024
ޚަބަރު
މާލޭގެ ގެެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވެފައި އޮއްވައި ފެނުނު މީހާއަކީ، އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނީ، އާއިލާއިން އޭނާގެ ޚަބަރެއް ނުވާތީ ފުލުހުންނަސް ރިޕޯޓްކުރުމުން އޭނާ މާލޭގައި ހުރިގެއަށް ފުލުހުން ވަދެ ބެލި ބެލުމުންނެވެ.
27 Jan 2024
ޚަބަރު
ބީއެމްއެލްގެ ބޯޑުން ވަކިކުރި 2 ޑިރެކްޓަރުން އަލުން ބޯޑަށް އައްޔަންކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުގައި ތިބި ސަރުކާރު ތަމްސީލުކުރާ ނަން-އެގްޒެކެޓިވް ބޯޑު މެމްބަރުން ވަކިކުރި ނިންމުން ބަދަލުކޮށް، އޭގެ ތެރެއިން ދެ މީހަކު އަލުން ބޯޑަށް އައްޔަންކުރަން ސަރުކާރުން ނިންމާފައިފިއެވެ.
27 Jan 2024
ޚަބަރު
މިސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭ ވޯޓު މާދަމާ
އާއްމު ގޮތެއްގައި މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓުތަކުގައި ވޯޓަށް އަހާނީ މެންދުރު ފަހު 1:30ގައެވެ. މާދަމާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި ކުރިޔަށް ގެންދިޔުމަށް އެޖެންޑާގަިއ ހިމަނާފައި ވާއިރު، އެމްޑީޕީއާ ދަ ޑިމޮކްރެޓްސްގެ މެޖޯރިޓީ އޮތް މަޖިލީހުން ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް ވަނީ ބެލެވިފައެވެ.
27 Jan 2024
ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ހަނިމާދޫއިން ދިވެހި ދެފިރިހެނުން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 42 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެދެމީހުންގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެދެމީހުން ހައްޔަރުކޮށްފައި ވަނީ، މި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
27 Jan 2024
ޚަބަރު
ޕީޕީއެމް/ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 10:00 އަކުން ހަވީރު 5:00 އާ ހަމައަށެވެ.