Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

27 Jan 2024
ޚަބަރު

ޕީޕީއެމް/ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 10:00 އަކުން ހަވީރު 5:00 އާ ހަމައަށެވެ.

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގައި 296 މީހަކު ވަނީ އެކި ދާއިރާތަކަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މީގެ ތެރެއިން އެންމެ ފަރާތަކުން ޓިކެޓަށް އެދި ހުށަހަޅާފައިވާތީ 13 ފަރާތަކަށް ވަނީ އެ ދާއިރާތަކުގެ ޓިކެޓު ކަށަވަރުވެފައެވެ. އެހެންކަމުން ޕްރައިމަރީގައި ވާދަކުރަނީ 283 މީހުން ކަމަށާއި، އޭގެ ތެރޭގައި 32 އަންހެނުން ހިމެނޭކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

ޕްރައިމަރީގައި ވޯޓުލުމަށް ރާއްޖޭގެ އެކި ރަށްތައް ހިމެނޭހެން ޖުމަލް 227 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މާލޭގެ 4 ސަރަހައްދެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް އަދި ހެންވޭރު ދަނޑެވެ. މީގެއިތުރުން ވިލިމާލެ ޔޫތު ސެންޓަރާއި، ހުޅުމާލެ ކާމިލް ދީދީ ސްކޫލާއި ރެހެންދި ސްކޫލުގައިވެސް ވޯޓުފޮށިތައް ވަނީ ބަހައްޓައިފައެވެ.

މި ޕްރައިމަރީގައި ޕީޕީއެމް/ޕީއެންސީގެ 71،597 މެންބަރުންނަށް ވޯޓުލުމުގެ ޙައްގު ލިބޭކަމަށް އެ ކޯލިޝަނުން ބުންޏެވެ. ވޯޓުލުން ނިމުމުން ކޮންމެ ފޮށްޓެއް ކައިރީގައިވެސް ވަގުތީ ނަތީޖާ އިޢުލާންކުރާނެކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ. އަދި ހަފްތާއެއްގެ ތެރޭގައި ރަސްމީ ނަތީޖާ އިޢުލާންކުރާނެކަމަށްވެސް އެ ކޯލިޝަނުން ބުންޏެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.