Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

28 Jan 2024
ޚަބަރު

ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކުރީގެ ގިނަ މަޖިލިސް މެންބަރުންނަށް ކަށަވަރު ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅުން ހޮވުމަށްޓަކައި ކުރިއަށްގެންދިޔަ ޕްރައިމަރީގައި މަޖިލިސް މެމްބަރުކަން ކުރައްވާފައިވާ ގިނަ ބޭފުޅުންތަކަކަށް ޓިކެޓު ކަށަވަރުވެއްޖެއެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ޓިކެޓު ކަށަވަރުކުރައްވާފައިވާ ކުރީގެ ބައެއް މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނެނީ:

* ފޭދޫ ދެކުނު ދާއިރާ - އިބްރާހިމް ދީދީ

* ދިއްގަރު ދާއިރާ - އަހްމަދު ނާޒިމް

* ވިލިމާލެ - މުހައްމަދު އިސްމާއިލް

* މާފަންނު މެދު - އަސްމާ ރަޝީދު

* ތިނަދޫ އުތުރު - ސައުދުﷲ ހިލްމީ

* ދިއްދޫ ދާއިރާ - އަބްދުއްލަތީފް މުހައްމަދު

* އިނގުރައިދޫ ދާއިރާ - މުހައްމަދު ފަލާހު

* މާފަންނު ދެކުނު - އަބްދުﷲ ރިފާއު (ބޮޗޭ)

* ތުލުސްދޫ ދާއިރާ - އަހްމަދު ނަސީމް

ސަރުކާރު ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔައީ އިއްޔެ ހެނދުނު 10 އިން ހަވީރު 5 އަށެވެ. މި ޕްރައިމަރީގައި 73 ދާއިރާއަކަށް 283 ކެންޑިޑޭޓުން ވާދަކުރިއެވެ. އަދި ވޯޓުލުމުގެ ހައްގު 71،597 މީހުންނަށް ލިބުނެވެ.

ދާއިރާއަށް ވާދަކުރާނެ އިތުރު ބޭފުޅަކު ނެތުމުން ޕްރައިމަރީއަކާ ނުލާ ޕީޕީއެމް/ޕީއެންސީގެ 13 ބޭފުޅަކަށް ވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ޓިކެޓު ލިބިވަޑައިގެންފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.