Advertisement

މަޖިލީގުގެ ތަޅުން --

28 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މެމްބަރުން އަދިވެސް މަޖިލީހުގައި، ޖަލްސާ ކުރިޔަށް ގެންދެވޭނެ ގޮތެއް ނުފެނޭ: މެމްބަރުން

ވަޒީރުންގެ މަޖީލީހުގެ ބައެއް މެމްބަރުންނަށް ރުހުން ނުދޭން އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އިން ނިންމާފައިވާތީ، ސަރުކާރަށް ތާއީދު ކުރާ މަޖިލީހުގެ މެމްބަރު އަދިވެސް ތިބީ މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންދިޔަ ނުދީ ހުރަސްއަޅައިގެން ކަމުގައި މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާ މިރޭވެސް ކުރިޔަށް ގެންދެވޭތޯ މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރެއްވިއެވެ. މިގޮތުން މިރޭގެ 20:00އަށް ޖަލްސާއަލުން ތާވަލުކޮށް ޖަލްސާ ފަށަން މަސައްކަތް ކުރި ނަމަވެސް ސަރުކާރު ކޯލިޝަނަށް ތާއީދު ކުރާ މަޖިލިސް މެމްބަރުން ވަނީ ރިޔާސަތަށް ހުރަސްއަޅުއްވާފައެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ކުރިޔަށް ނުގެންދެވުނީ، ސަރުކާރަށް ތާއީދުކުރާ މެމްބަރުން، އިދިކޮޅު ޕާޓީތަކުގެ މެމްބަރުން މަޖިލީހުގެ ޗެމްބަރަށް ވަނަ ނުދިނުމަށްޓަކައި ދޮރުތައް ތަޅުގައިގެން ހިފެހެއްޓެވުމުންނެވެ. މިރޭގެ ޖަލްސާފެށުމާއި އެކު އެމްޑީޕީ ދޫކުރައްވައި، ޕީއެންސީއާ ގުޅިވަޑައިގެންނެވި މެމްބަރުން ވަނީ، މަޖިލީހުގެ ރިޔާސަތަށް ހުރަސް އަޅުއްވައި، ޖަލްސާ ހުއްޓުވާފައެވެ. މިގޮތުން މަޖިލީހުގެ ޖަލްސާ ހުއްޓުވުމަށްޓަކައި ރިޔާސަތުގައި ބަހައްޓާފައިވާ މައިކްރޯފޯން ނަގައިގެން ދިޔައީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދިވެސް ތިއްބެވީ ހެނދުނުއްސުރެ މަޖިލިސް ކުރާ ގޭގައެވެ. ޖަލްސާ އާއި ގުޅޭ ގޮތުން އިތުރު އެއްޗެއް ރިޔާސަތުން އަދި ނާންގަވާތީ އެބޭފުޅުން މަޖިލީހުގެ އިދާރާގައި ތިއްބެވީ ކަމުގައިވެސް އެމެމްބަރުން ވިދާޅުވިއެވެ.

ވަޒީރުންގެ ތެރެއިން، ރުހުން ނުދިނުމަށް ނިންމާފައިވާ ބޭފުޅުންގެ ތެރޭގައި، ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި، ނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިޞަލް ހިމެނިވަޑައިގަންނަވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.