ރައީސުލްޖުމްހޫރިއްޔާ ޢަޒުލްކުރުމަށް އިދިކޮޅަށް އޮތް ފުރުޞަތު ހަނިކުރަން ސަރުކާރުން ސްޕްރީމްކޯޓަށް ހިނގައްޖެ
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އިސްލާޙް ގެނައީ، އައު ސަރުކާރުގެ މަޤާމުތަކަށް ދިޔުމަށްޓަކައި ސަރުކާރަށް ނިސްބަތްވާ 6 މެމްބަރަކު އެބޭފުޅުން ތިއްބެވި މަޤާމުތަކުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެދާއިރާތަކުގެ ބައި-އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެންނެވެ. އެހެންވެ ކުރިޔަށް އޮތް ދައުރުގައި ރައްޔިތުންގެ މަޖިލީހުގައި އެދާއިރާތަކުގެ ގޮނޑިތަކުގައި މެމްބަރުން ނުތިއްބަވާނެތީ، މަޖިލީހުން ނިންމާ ނިންމުންތަކުގައި އެގޮނޑިތައް ތަމްސީލް ކުރާނެ މެމްބަރުން ނެތި ނަގާ ވޯޓުގައި އަދަދު ކަނޑައަޅަން ޖެހޭނީ އެގޮނޑިތައް ނުހިމަނާކަމުގައި މަޖިލީހުން ވަނީ ފާސްކޮށްފައެވެ.