Advertisement

ކުރީގެ ހާދިސާއެއްގެ ފޮޓޯ -- ފޮޓޯ ސޯޝަލް މީޑިއާ

31 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަތް އިންޑިއާގެ ދެ މަނަވަރުގެ ސިފައިން އިތުރު ދެ ދޯންޏަކަށްވެސް އެރިކަމަށް ބުނެފި

އިންޑިއާ ނޭވީގެ ދެ މަނަވަރެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ރާއްޖޭގެ އިތުރު ދެމަސްދޯންޏަކަށްވެސް އިންޑިއާ ނޭވީގެ ސިފައިން އަރާފައިވާ ކަމުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން ބުނެފިއެވެ.

އެޔޫނިއަންއިން ބުނީ، އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އަސުރުމާ3، ދޯނީގެ އިތުރުން،  ނިރު7 އަދި މާހޯރަ3 މި ދެ ދޯންޏަށްވެސް އިންޑއާގެ ދެ ކޯސްޓްގާޑް ކައިރިކޮށް ސިފައިން އެރިކަމަށް މަޢުލޫމާތުލިބިފައިވާ ކަމަށެވެ. އަދި ދޯނި ފަހަރަށް ސިފައިން އެރިއިރު އެމީހުން އަތުގައި ހަތިޔާރުހުރި ކަަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމުގައި އެޔޫނިއަންއިން ވަނީ ބުނެފައެވެ.

އެންމެ ފުރަތަަމަ މައުލޫމާތު ލިބުނީ، އަސުރުމާ -3 ދޯންޏާއި އިންޑިއާ ނޭވީގެ ދެ މަނަވަރެއް ކައިރިކޮށް އެދޯންޏަށް އިންޑިއާ ސިފައިން އެރި ކަމަށެވެ.

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވީ، ބޭރުގެ ސިފައިން އަސުރުމާ -3 އަށް އަރާފައިވަނީ އެދޯނި ރާއްޖޭގެ ސަރަހައްދުގައި އޮއްވައި ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.