Advertisement

ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް --

31 Jan 2024
ޚަބަރު

ބާ ކައުންސިލްގެ ރައީސް އިސްމާޢީލް ވިޝާމް އަވަހާރަވެއްޖެ

ބާކައުންސިލްގެ ރައީސް އިސްމާޢީލް ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.

ބާކައުންސިލްގެ ރައީސް ކަމުގެ މަޤާމަށް 11 ޖޫން 2022 ގައި އިންތިޚާބުވެ ވަޑައިގެންނެވި، ޤާނޫނީ ވަކީލް ވިޝާމް އަވަހާރަވީ މިރޭގެ ވަގުތެއްގައި އޭނާ ދިރިއުޅުއްވާ ގެކޮޅުގައެވެ.

ވިޝާމް އަވަހާރަވިކަން ޤާނޫނީ ބައެއް ވަކީލުން ވަނީ މީޑިއާގައި ހާމަކުރައްވާފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވިޝާމް ފާޚާނާއަށް ވެއްޓިވަޑައިގެންފައި ވަނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންދެވުނު އިރު ވަނީ އަވަހާރަވެފައެވެ.

ވިޝާމްއަކީ، ރާއްޖޭގެ ޤާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ ވަކީލެކެވެ. ބޮޑެތި މައްސަލަތަކުގައި އޭނާ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައި ވާއިރު، އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.