Advertisement

ހަމިން ބާޑުގެ ހެލިކޮޕްޓަރެއް -- ފޮޓޯ: އޭވިއޭޓަރ މޯލްޑިވްސް

28 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގައި އަމިއްލަ ފަރާތަކަށް ހެލިކޮޕްޓަރު ދަތުރުތައް ކުރުމަށް ހުއްދަދޭން ނިންމައިފި

ސާރޗު އެންޑް ރެސްކިއުގަޔާއި، ބަލިމީހުން އުފުލުމުގެ ޚިދުމަތް ޝަރުޠުކޮށް ރާއްޖޭގައި އަމިއްލަ ފަރާތަކަށް ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ދިނުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއި އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، އަމިއްލަ ފަރާތަކަށް ދީގެން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ފެށުމުގައި މައިގަނޑު 6 ކަމެއް ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، ސަރޗް އެންޑް ރެސްކިއު އާއި ބަލިމީހުން އުފުލުމުގެ ޚިދުމަތް ދިނުން ލާޒިމްކޮށް، ދެ އިންޖީނުލީ ހެލިކޮޕްޓަރު ބޭނުންކޮށްގެން ހެލިކޮޕްޓަރުގެ އޮޕަރޭޝަން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އެ ޚިދުމަތް ނޫން އެހެން ޚިދުމަތްތައް ދޭންވާނީ ހުއްދަ ދީފައިވާ ހެލިޕޯޓަކުންކަން ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން ވާދަވެރި ބީލަމެއްގެ ތެރެއިން ނުވަތަ ރެސްޓްރިކްޓެޑް ޓެންޑަރއެއްގެ ތެެރެއިން ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދައި، އަދި އެފަދަ ފަރާތްތަކަށް 5 އަހަރާއި 7 އަހަރު ދުވަހުގެ އެކްސްކްލޫސިވިޓީއެއް ދިނުމަށްވެސް ނިންމަވާފައިވާ ކަމުގައި ނާޒިމް ވިދާޅުވިއެވެ. އަދި މިބަދަލުތަކާއި އެކު، މިހާރު މަޖިލީހަށް ހުށައަޅާފައި އޮތް ވައިގެ ދަތުރުފަތުރާއި ބެހޭ ބިލަށް ބަދަލު ގެނެސް އަލުން މަޖިލީހަށް ހުށައެޅުމާއި، ވެލާނާ އެއާޕޯޓުގައި ހެލިޕޯޓަކަށް ޖާގަ ހެދުމާއި، އިތުރުތަނެއްގައި ހެލިޕޯޓެއް ހަދަންޖެހޭކަމަށް ފާހަގަކުރެވޭނަމަ އެކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ވަނީ ނިންމަވާފައެވެ.

ރާއްޖޭގައި 1990 ގެ އަހަރުތަކުގެ ކުރީކޮޅު "ހަމިން ބާޑު"ގެ ނަމުގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނެވެ. އޭރު އެޚިދުމަތް ދިން އިރުވެސް އަތޮޅުތަކުން މާލެއަށް ބަލި މީހުން ގެނައުމަށް ހެލިކޮޕްޓަރު ބޭނުން ކުރިއެވެ. އެހެން ނަމަވެސް އެޚިދުމަތް ހުއްޓާލީ، ރާއްޖޭގައި ގާތްގާތުގައި ހެލިކޮޕްޓަރު ވެއްޓުމުގެ 2 ހާދިސާއެއް ހިނގައި 14 މީހުންގެ ފުރާނަ ގެއްލިގެން ދިޔުމަށް ފަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.