Advertisement

ވެލާނާގެ އޮފީސް އިމާރާތް -- ފޮޓޯ: ނޫން.އެމްވީ

18 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހައްދަން ބޭނުންވާ ފަރާތްތަކުން 21 ޖެނުއަރީގެ ކުރިން އައިޑިކާޑު ހައްދަން ހުށައަޅަން އެދިއްޖެ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ރެޖިސްޓްރީ ފައިނަލް ކުރުމަށްޓަކައި، އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކުގެ ތެރެއިން އައިޑިކާޑުގެ މައުލޫމާތު ބަދަލުވެގެން، އަލުން އައޑީކާޑު ހައްދަން ބޭނުންވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ ކުރިން އައިޑީކާޑް ބަދަލުކުރުމަށް ފޯމް ހުށައެޅުމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން އެދިއްޖެއެެވެ.

އެއިދާރާއިން ބުނީ، އައިޑީކާޑުގެ މައުލޫމާތު ބަދަލުވެގެން ކާޑު އައުކުރަން ހުށައަޅާ ފަރާތްތަކުން 2024 ޖެނުއަރީ 21 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 15:00 ކުރިން ފޯމު ހުށައެޅުމަށް އެދޭކަމަށެވެ. އަދި އެ ސުންގަޑި ހަމަވުމަށްފަހުގައި، ކާޑު މައުލޫމާތު ބަދަލުވެގެން އަލުން ކާޑު ހައްދަން ހުށައަޅާ ފަރާތްތަކަށް އައިޑީ ކާޑު ހަދައި ދެވޭނީ، އެފަރާތަކަށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ނުލެވުނު ނަމަވެސް އެކަމަށް އިޢުތިރާޟު ނުކުރާކަމަށް ވާނަމަ ކަމުގައިވެސް ޑީއެންއާރުން ވަނީ ބުނެފައެވެ.

އަދި މަޖިލިސް އިންތިޚާބުގެ ފަހުން 18 އަހަރުން މަތީގެ މީހުންނަށް އައިޑީ ކާޑުގެ މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ދެމުން ދާނެ ކަމުގައިވެސް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.