Advertisement

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރެއިން --

18 Jan 2024
ޚަބަރު

އަންހެނުން ސިޔާސީ މައިދާނަށް ނެރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ޝައުގުވެރިކަން ހުރި އަންހެނުން ބިނާކޮށް، ބާރުވެރިކުރުމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި މަސައްކަތުބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާއި އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސްއާއި، ވިމަން އިން ޓެކް އަދި ހޯޕް ފޮރ ވިމަން އިން ބައިވެރިވެ، މުހިންމު މަޢުލޫމާތު ސެޝަންތަކެއް ނަގައިދީފައިވާކަމުގައި އެވުޒާރާއިން ވަނީ ބުނެފައެވެ.

މިގޮތުން ސިޔާސީ މައިދާނުގައި އަންހެނުން ކާމިޔާބު ހޯދުމަށް ބޭނުންވާ މުޢާސަލާތީ ހުނަރުތަކާއި ގުޅޭގޮތުން ބައިވެރިންނާ މުޙިއްމު މަޢުލޫމާތުތަކާއި، ޑިމޮކްރެޓިކް ގަވަރނަންސް އަދި އިންސާނީ ހައްޤުތަކާއި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނާއި، ޤާނޫނު ހެދުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތުމުގެ މުޙިއްމުކަމަށް އަދި ޖެންޑަރ ޗެމްޕިއަނަކަށް ވުމަށް ބޭނުންވާ ވިސްނުމާއި ހުނަރުތަކާއި ގުޅޭގޮތުންވެސް ވަނީ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް މައުލޫމާތު ދީފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިިން ވިދާޅުވީ، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އޮންނަ މިންވަރަށް އަސަރުކުރާ އެތައް ކަންތައްތަކެއްވާކަމަށާއި، މިގޮތުން އިންތިޚާބުތަކުގައި ވާދަކުރުމާއި ކާމިޔާބުކުރުމުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި އަންހެނުންގެ ސިޔާސީ ބައިވެރިވުމާއި ނެޓްވޯކިންނަށް ހުރަސްއެޅޭ އިޤުތިޞާދީ، ދީނީ، އިޖުތިމާޢީ އަދި ޘަޤާފީ ގޮންޖެހުންތަކެއްއް ހިމެނޭ ކަމަށެވެ. މި މަސައްކަތުބައްދަލުވުން ިއްޔެ ބާއްވާފައި ވަނީ ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުމާއި، ތަމްސީލުކުރުމާއި، އިސްނެގުމަށް ހުރި ހުރަސްތައް ނައްތާލުމަށް ބޭނުންވާ ޢިލްމާއި ހުނަރު ބައިވެރިންނަށް ހޯދައިދިނުމަށް ކަމުގައިވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މަޖިލީހުގައި އަންހެނުންގެ އަދަދު ގިނަވުމަކީ އާންމުކޮށް އަންހެނުންގެ މައްސަލަތަކަށް ބޮޑު އަޙައްމިއްޔަތުކަމެއް ދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އަންހެނުން ސިޔާސީ މައިދާނުގައި ބާރުވެރިކުރުމަކީ މިންތީގެ ހަމަހަމަކަން ކަށަވަރުކޮށް، ޑިމޮކްރަސީ އޭގެ އަސްލުގޮތުގައި ތަންފީޒުކުރުމަށްޓަކައި ލާޒިމްކަމެކެވެ. އެހެންކަމުން، އަންހެނުން ބާރުވެރިކޮށް، ބިނާކުރުމަށް މުޖުތަމަޢުގެ އެންމެހާ ފަރުދުންނާއި ގުޅިގެން ކުރިއަށް އޮތް ތަނުގައިވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާނެ ކަމުގައި އެވުޒާރާއިން ވިދާޅުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.