Advertisement

އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު -- ފޮޓޯ: އެޗްޑީސީ

18 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ނަން ބަދަލުކުރީ ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށްކަމުގައި އެޗްޑީސީން ބުނެފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމާއި ލޯގޯ އަލުން ބޭނުން ކުރަން ނިންމީ، ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށް ކަމުގައި އެކުންފުނިން ބުނެފިއެވެ.

އެކުންފުންޏަށް، 22 އަހަރީ ދުވަހާއި ގުޅުުވައިގެން 1 އޭޕްރީލް 2023 އިން ފެށިގެން އެކުންފުނި ރީބްރޭންޑްކޮށް ކުންފުނީގެ އައު ނަމެއްގެ ގޮތުގައި ބޭނުން ކުރަމުން އައީ "އާބަންކޯ" އެވެ. 

އަލުން ކުރީގެ ނަމާއި ލޯގޯއަށް ބަދަލުކޮށްފައި މިވަނީ، ވެރިކަން ބަދަލުވުމަށް ފަހުގައި އެކުންފުނީގެ މެނޭޖްމެންޓް ބަދަލުވުމުންނެވެ.

އެޗްޑީސީން ބުނީ، މި ކޯޕަރޭޝަނުގެ ނަން އަރބަންކޯ އަށް ރީބްރޭންޑްކޮށްފައި ވިޔަސް، އެ ނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައެއް ނުވާކަމަށާއި، ޤާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށްވެސް ބޭނުންކުރަމުން ދަނީ އެޗްޑީސީގެ ނަން ކަމަށެވެ.

އާބަންކޯގެ ނަން ދޫކޮށްލައި އަލުން އެޗްޑީސީގެ ނަން ބޭނުން ކުރަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން --- ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އުފެއްދީ، ކުރީގެ ރައީސުލް ޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުން 2001 ވަނަ އަހަރުއެވެ. މިއަދު އެކުންފުންޏަކީ، އާބަން ޑިވެލޮޕްމެންޓް ދާއިރާއިން ރާއްޖޭގެ އެންމެ ތަޖުރިބާހުރި ކުންފުނި ކަމުގައިެވސް އެޗްޑީސީން ވަނީ ބުނެފައެވެ. މިގޮތުން އެކުންފުނީގެ ޕޯޓްފޯލިއޯގައި ހިމެނޭ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އާބަން އައިލް ހިމެނެއެވެ. މީގެ އިތުރުން ތިލަފުށި، ރަސް މާލެ އަދި ހުޅުމާލެ ފޭސް 3 ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ހުއްޓުމެއްނެތި ކުރިއަށްދާކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، އެކުންފުނިން އެންމެ އިސްކަންދޭ ކަމަކީ ތަރައްގީގެ މަސައްކަތްތަކަކީ އިގްތިސާދީގޮތުން ފައިދާހުރި އަދި ތަނުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގަންނަ ފަދަ ޕްރޮޖެކްޓްތަކަށް ހެދުން ކަމަށެވެ. އެކަން ހާސިލް ކުރުމަށް އެ ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ބޯހިޔާވަހިކަން ތަރައްގީކޮށް އެންމެނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށާއި،  ކުންފުނީގެ އަމާޒަކީ ތަރައްގީކުރާ ސިޓީތަކަށް، އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން، އަދި ތިމާވެށިގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުން ކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.