Advertisement

އެޗްޑީސީގެ ނަމާއި ލޯގޯ ބަދަލުކޮށްފައި --- ފޮޓޯ: ނޫންޑޮޓްއެމްވީ

18 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އެޗްޑީސީގެ ބްރޭންޑް ނޭމް "އާބަންކޯ"ގެ ނަން ބޭނުން ކުރުން ރަސްމީގޮތުން ހުއްޓާލައިފި

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީގެ ބްރޭންޑް ނޭމް "އާބަންކޯ"ގެ ނަން ބޭނުން ކުރުން އެކުންފުނިން މިއަދުންފެށިގެން ރަސްމީގޮތުން ހުއްޓާލައިފިއެވެ.

އެކުންފުނި ރީބްރޭންޑްކޮށް، ބްރޭންޑް ނަމެއްގެ ގޮތުގައި ބޭނުން ކުރަން ފަށާފައި ވަނީ، ހުސްވި އަހަރުގެ އޭޕްރީލް މަހުގެ 01 ވަނަ ދުވަހުއެވެ. އެބަދަލު ގެނައީ އެކުންފުނީގެ 22 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެންނެވެ.

"އާބަންކޯ"ގެ ނަން ބޭނުންކުރުން ހުއްޓާލައި އަލުން އެޗްޑީސީގެ ނަމަށް ނަންބޯޑުތައް ބަދަލުކުރުން ފާހަގަކުރުމަށް މިއަދު ހެނދުނު ވަނީ، އެޗްޑީސީގެ އާއިމާރާތް ކުރިމަތީގައި ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވާފައެެވެ. މިގޮތުން ކުންފުނީގެ ހެޑްއޮފީހުގެ ނަންބޯޑާއި ދިދަވެސް އަދި ކުންފުނީގެ ސޯޝަލްމީޑިއާ އެކައުންޓްތަކުގެ ޑިސްޕްލޭ ނަންތައްވެސް މިއަދު ވަނީ ބަދަލުކޮށްފައެވެ.

ބޮޑު ޚަރަދެއްކޮށްގެން އެޗްޑީސީ ރީބްރޭންޑް ކުރިތާ އަހަރެއްވެސް ނުވަނީ، އަނެއްކާވެސް ނަމާއި ލޯގޯ އާއި ކުންފުނީގެ ޔުނީފޯމްތައް ބަދަލުކުރުމުގެ ސަބަބުން ކުންފުންޏަށް ވާނެ ފައިދާއަކީ ކޮބައިކަމެއް އެކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.