Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

18 Jan 2024
ޚަބަރު

އިންޑިއާއަކީ ރާއްޖޭގެ ރަހުމަތްތެރިއެއް، އިހްތިރާމް ކުރަންވާނެ: ނަޝީދު

އިންޑިއާއަކީ ރާއްޖޭގެ ރަހުމަތްތެރިއެއް ކަމަށާއި އަބަދުވެސް އެ ގައުމަށް އިހުތިރާމް ކުރަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިން އަމިއްލަ ވެރިކަމެއް ހޯދާފައިވަނީ ހަރުދަނާ އަދި ރޭވުންތެރި ބަޔަކަށް ވާތީ ކަމަށާއި އެއީ ގަދަބާރުން ހޯދި އެއްޗެއް ނޫން ކަމަށެވެ. ނަޝީދު ވިދާޅުވީ ވެރިންގެ ދުރުވިސްނުމެއް ނެތް ނަމަ ރާއްޖެއަށް ގެއްލުންވާނެ ކަމަށެވެ.

"އިންޑިއާއަކީ އަހަރެމެންގެ އަވަށްޓެރިއެއް އަދި ރަހުމަތްތެރިއެއް. އަބަދުވެސް އިންޑިއާއަށް އިހުތިރާމު ކުރަން ވާނެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓް --

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯއަކާ އެކު، ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޯޝަލް މީޑިއާގައި ބޮޑު ޒުވާބެއް އުފެދި، ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ.

އިންޑިއާގެ ބައެއް އާންމުން އެ މެސެޖް ޝެއާކޮށް ގޮވާލަން ފެށީ ރާއްޖެ ބޮއިކޮޓްކޮށް އިންޑިއާގެ ޓޫރިސްޓުން ލަކްޝަދީޕަށް ދިއުމަށެވެ. އެ ވާހަކަތަކަށް ރައްދުދިނުމުގެ ގޮތުން ދިވެހިން ވެސް އެކްސް އާއި ފޭސްބުކް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ތަފާތު މެސެޖްތައް ލިއުނެވެ. އޭގެ ތެރޭގައި ސަރުކާރުގެ ޑެޕިއުޓީ ތިން މިނިސްޓަރަކު މޯދީ އާއި އިންޑިއާއަށް މަލާމަތްކުރިއެވެ. މިކަމާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ އެ 3 ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑްވެސް ކޮށްފައިވާކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.