Advertisement

އެމްޑީޕީން ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިޚާބެއްގެ ތެެރެއިން ---

18 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީއަށް ރީ-ރެޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން އެޕާޓީގެ މަޖިލިސް ޕްރައިމަރީއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ރީ-ރީރެޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

އެމްޑީޕީން ބުނީ، ރީރެޖިސްޓްރީކުރުމަށް އެދި ހުށައެޅުމުގެ މުއްދަތު، ޖެނުއަރީ 22 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާއި ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ 43 ދާއިރާއެއްގައި ބާއްވާއިރު، 112 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެޕާޓީގެ ޕްރައިމަރީ ބޭއްވުމަށް މިހާރު ކަނޑައަޅާފައި ވަނީ، އަންނަ ފެބުރުއަރީ މަހުގެ 03 ވަނަ ދުވަހުގައެވެ.

އެމްޑީޕީގެ މެމްބަރުންގެ އަދަދު ފަންސާސް ހާހަށްވުރެ މަތި އިރު، މަޖިލިސް ޕްރައިމަރީ ވެފައި އޮންނަނީ އެޕާޓީން ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި އިންތިޚާބަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.