Advertisement

އަމީނީ މަގު --

24 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އަމީނީ މަގުގައި ހުރި މައްސަލަތައް ބަލައި ރަނގަޅު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: މިނިސްޓަރ

މާލޭ އަމީނީ މަގުގައި ހުރި މައްސަލަތައް ބަލައި ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުން ކަމުގައި، މިނިސްޓަރ އޮފް ކޮންސްޓަރކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބުދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އަމީނީ މަގުގައި ތާރު އަޅައިގެން ހަދާފައިވާ ބައިގެ ތާރުނެއްޓި ވަޅުގަނޑުތައް ހެދެމުންދާކަން އާއްމު މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ފާހަގަކުރުމާއި ގުޅިގެން އެކަމަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އަމީނީ މަގު އިއްޒުއްދީން މަގާއި ހަމައަށް ތާރުއަޅައިގެން އެމަގު ހަދާފައިވަނީ ކުރީ ސަރުކާރުން ކަމަށެވެ.

މިސަރުކާރުގެ މިވީ ދެމަސްދުވަހުގުެ ތެރޭގައި ހަދާފައި ވަނީ އަމީނީ މަގުގެ ނުހެދި އޮތް ފަހު ދެ ސެގްމެންޓްގެ ބައެެވެ. އެއީ ހައުސިންގ މިނިސްޓްރީއާ ހަމައިން، އެމަގުގެ ހުޅަނގުކޮޅުން ބޮޑު ތަކުރުފާނު މަގާއި ގުޅޭ ހިސާބަށް އޮތް ބައެވެ. މީގެ ހަފްތާއެއް ކުރިން ވަނީ އެބައިގެ މަސައްކަތް ނިންމައި އާއްމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.

އަމީނީ މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައި ވީނަމަވެސް އެމަގުގައި ފެންބޮޑުވާ މައްސަލައަށް ހައްލު ލިބިފައި ނުވާތީ އާއްމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

މުޅި އަމީނީ މަގު، 13 ސެގްމެންޓަކަށް ބަހާލައިގެން، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުގެ ބަޖެޓުން ވަނީ 84 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.