Advertisement

ފެމިލީ ކޯޓު -- ފޮޓޯ: ނޫން.އެމްވީ

23 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މިދިޔައަހަރު ފެމިލީ ކޯޓުގައި 2425 ކައިވެނި ކުރިއިރު 1281 ކައިވެނި ރޫޅުނު

ނިމިގެން ދިޔަ 2023 ވަނަ އަހަރު ފެމިލީ ކޯޓުގައި 2425 ކާވެނިކޮށްފައިވާ ކަމަށާއި، އަދި ހަމަ އެއަހަރުގެ ތެރޭގައި 1281 ވަރިކޮށްފައިވާ ކަމަށް ފެމިލީކޯޓުން އާއްމު ކުރި ތަފާސް ހިސާބުތަކުގައި ބުނެފިއެވެ.

ރާއްޖެއަކީ ވަރީގެ ނިސްބަތް ދުނިޔޭގައިވެސް އެންމެ މަތި އެއްޤައުމަށް ވާއިރު، 2023 ވަނަ އަހަރު ކުރެވުނު ކައިވެނިތަކުގެ ނިސްބަތުން ބަލާއިރު، އެއަހަރު ވަނީ %50 ކައިވެނި ރޫޅިފައެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައިކޮށްފައިވާ، 163 ކާވެނިވެސް މިިދިޔަ އަހަރު ރަޖިސްޓްރީ ކޮށްދެއްވުނު ކަމަށް އެކޯޓުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ވަރި މަދުކުރުމަށް އާއިލާ އާއި ބެހޭ ޤާނޫނުގެ ދަށުން ކާވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ފެމެލީ ކޯޓުން ހިންގަމުންގެންދާއިރު، 1664 ފިރިހެނުންނާއި 1612 އަންހެނުން ވަނީ، ކާވެންޏަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްވެސް ފުރިހަމަކޮށްފައި ކަމުގައި އެކޯޓުން ހާމަކޮށްފައިވެއެވެ. އެއީ ޖުމުލަ 3276 މީހުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.