Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްަޒު --

22 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އަތޮޅުތަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ދަތުރުފުޅުތައް އަންނަ ހަފްތާގައި ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރައްވައިފި

އަތޮޅުތަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ދަތުރުފުޅުތައް އަންނަ ހަފްތާގައި ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އިއުލާނު ކުރައްވައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލް މެމެބަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތައް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނާއި އެކުވެސް ބައްދަލުވުންތައް ބާއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައި ދެއްވުމަށްޓަކައި ކޮންމެ ދެ މަހުން އެއް މަހު ވަޒީރުންގެ ފޯރަމް ބާއްވާނެ ކަމަށް ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ފުރަތަމަ ފޯރަމްވެސް އަންނަ ހަފްތާގައި ބޭއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕަބްލިކް ފޯރަމްތަކުަގައި އާއްމުންނަށް ވަޒީރުންނާއި ސުވާލު ކުރެއްވޭނެ ކަމަށާއި، ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ފަސް ބޭފުޅަކު އެބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެގޮތަށް ކޮންމެ ދެމަހަކުން އެއްމަހު ވަޒީރުންނާއި އެކު ސިލްސިލާ ގޮތެއްގައި ޕަބްލިކް ފޯރަމްތައް ބާއްވަމުން ގެންދާނެ ކަމަށެވެ.

"ރައްޔިތުންނާއި ގާތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނީ. އަޅުގަނޑުމެންނަށް ޖަވާބު ނުދެވޭނެ ސުވާލެއް ނުހުންނާނެ. އަޅުގަނޑުމެން ކުރަނީ ރައްޔިތުން ހަވާލުކުރި މަސައްކަތް. ގާނޫނުއަސާސީގައި އޮތް މަސައްކަތް. އެ އަކު ނޯންނާނެ ޖަވާބު ނުދެވޭނެ ކަމެއް."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަތޮޅުތަކަށް ދަތުރުފުޅު ފައްޓަވާއިރު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެމަނިކުފާނަށް އެންމެ މަތީ އަޣުލަބިއްޔަތު ލިބުނު ރަށަށް ކަމުަގައި މަޤާމުގެ ހުވާކުރެއްވުމުގެ ކުރިން އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަވަޑައިގަންނަވާނެ ރަށަކަށް ވެގެންދާނީ، އެމަނިކުފާނަށް އެންމެ މަތީ އިންސައްތަ ވޯޓު ލިބުނު ކޮޅުމަޑުލު ގުރައިދޫއަށް ކަމުަގައިވެސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަންނަ ހަފްތާގައި އަތޮޅުތަކަށް ދަތުރުފުޅުތައް ފައްޓަވާނެކަން އިއުލާނު ކުރެއްވި ނަމަވެސް އެދަތުރުފުޅުތަކާއިގުޅޭ ތަފްސީލް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.