Advertisement

މަޖިލިސް

29 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގެ ޖަލްސާއަލުން ފަށައި، ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހަން ފަށައިފި

މަޖިލީހުގެ ޖަލްސާއަލުން ފަށައި، ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހަން ފަށައިފިއެވެ.

14:13_ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފަށް ރުހުންދޭން ފެންނަކަމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މަޖިލީހުގައި ނެގި ވޯޓުގައި އާދަމް ޝަރީފަށް ރުހުންދޭން ފެންނަކަމަށް 70 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

14:11_ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަޙީދު (އަސްވާޑު)އަށް ރުހުންދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަސްވާޑަށް ރުހުންދޭން ފެންނަކަަމަށް، 68 މެމްބަރުން ވޯޓު ދެއްވިއެވެ.

14:09_ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، ޑރ އައިޝަތު ރަމީލާއަށް ރުހުން ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ރަމީލާއަށް ރުހުންދޭން ފެންނަކަމަށް، 70 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ.

14:07_ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބުދުﷲ މުއްޠަލިބަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ. މުއްޠަލިބަށް ރުހުންދޭން ފެންނަކަމަށް، 70 މެމްބަރުން ވޯޓުދެއްވިއެވެ.

14:05_ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާއަށް ރުހުންދޭން ފެންނަކަމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މާރިޔާއަށް ރުހުންދޭން ފެންނަކަމަށް 66 މެމްބަރުން ވޯޓުދެއްވިއެވެ.

14:03_ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރަށް ރުހުންދޭން ފެންނަކަމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އާދަމް ނަސީރަށް ރުހުންދޭން ފެންނަކަމަށް، 63 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

14:01_ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީނަށް ރުހުން ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަމީނަށް ރުހުންދޭން ފެންނަކަމަށް، 67 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

13:59_ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ޑރ. ޢަލީ ހައިދަރު އަޙްމަދަށް ރުހުން ނުދިނުމަށް މަޖިލީހުން ނިންމައިފިއެވެ. މިނިސްޓަރ ހައިދަަރަށް ރުހުންދޭން ނުފެންނަކަމަށް، 46 މެމްބަރުން ވޯޓުދިން އިރު، 24 މެމްބަރުން ފެންނަކަމަށް ވޯޓު ދިނެވެ.

13:57_ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤު އިބްރާހީމަށްވެސް މަޖިލީހުން ވަނީ ރުހުން ދީފައެވެ. ޠާރިޤަށް ރުހުންދޭން ފެންނަކަށް، 69 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

13:55_ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބުދުﷲ ރާފިއުއަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ރާފިޢުއަށް ރުހުންދޭން ފެންނަކަމަށް 69 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

13:52_ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑރ. އައިޝަތު ޝިހާމަށް ރުހުންދޭން ފެންނަކަމަށް ރައްޔިތުންގެ ވަނީ ފާސްކޮށްފައެވެ. އައިޝަތު ޝިހާމަށް ރުހުންދޭން ފެންނަކަމަށް ވޯޓުގައި ބައިވެރިވި 69 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

13:50_ ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލްއަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ފައިސަލްއަށް ރުހުން ދިނުމަށް، 57 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ފައިސަލަށް ރުހުންދޭން ނުފެންނަކަށް ވޯޓުދެއްވީ 2 މެމްބަރުންނެވެ.

13:48_ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދަށް ރައްޔިތުންގެ މަޖިލީހުން، ނުދޭން ނިންމައިފިއެވެ. މަޖިލީހުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުން ވޯޓު ދެއްވީ ޝަހީމަށް ވޯޓުދޭން ނުފެންނަކަމަށެވެ. ފެންނަކަމަށް ވޯޓު ދެއްވީ 30 މެމްބަރުންނެވެ. ޝަހީމަށް ރުހުންދޭން ނުފެންނަކަށް މަޖިލީހުން ނިންމީ އެއް ވޯޓުގެ ތަފާތުންނެވެ.

13:45_ ބަންޑާރަ ނައިބު އަޙްމަދު އުޝާމަށް ރުހުން ނުދޭން މަޖިލީހުން ނިންމައިފިއެވެ. މަޖިލީހުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުން ވޯޓު ދެއްވީ އުޝާމަށް ވޯޓުދޭން ނުފެންނަކަމަށެވެ. ފެންނަކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ.

13:44_ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމަށް ރުހުން ދިނުމަށް ފެންނަކަމަށް، ރައްޔިތުންގެ މަޖިލީހުގެ އަޤުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. ޝިޔާމަށް ރުހުންދޭން ފެންނަކަމަށް، 69 މެމްބަރުން ވޯޓުދެއްވިއެވެ.

13:42_ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދަށްވެސް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފިއެވެ. ސަޢީދަށް ރުހުންދޭން ފެންނަކަމަށް، 37 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ. ނުފެންނަ ކަމަށް 32 މެމްބަރުން ވޯޓު ދެއްވިއެވެ.

13:41_ ހެލްތު މިނިސްޓަރ ޚަލީލަށް ރުހުން ދިނުމަށް ފެންނަކަމަށް 69 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

13:40_ އެޑިޔުކޭޝަން މިނިސްޓަރ ޝަފީޢުއަށް ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ 55 މެމްބަރުންގެ ވޯޓުންނެވެ.

13:39_ ހޯމް މިނިސްޓަރަ އަލީ އިޙްސާނަށް ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ، 70 މެމްބަރުންގެ ވޯޓުންނެވެ.

13:37_ ފިނޭންސް މިނިސްޓަރ ޝަފީޤަށް ރުހުން ދިނުމަށް، 70 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

13:35_ދެވަނައަށް ވޯޓަށް އަހާފައި ވަނީ، ޓޫރިޒމް މިނިސްޓަރ މުސާ ޒަމީރަށެވެ. މޫސާ ޒަމީރަށް ރުހުންދޭން ފެންނަކަމަށް 70 މެމްބަރުން ވޯޓު ދީފައިވެއެވެ.

13:30_ އެންމެ ފުރަތަމަ ވޯޓަށް އަހާފައި ވަނީ ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނަށެވެ. ޣައްސާނަށް ރުހުން ދިނުމަށް 71 މެމްބަރުންގެ ވޯޓާއި އެކު ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.