Advertisement

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ތެރެއިން -- ފޮޓޯ: ޕީޕިއެމް

30 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރު ކޯލިޝަނުން ބޭއްވި މަޖިލިސް ޕްރައިމަރީގެ ވަގުތީ ނަތީޖާތައް އިޢުލާނުކޮށްފި

ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން، މަޖިލިސް އިންތިޚާބަށް ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި މިދިޔަ ހޮނިހރު ދުވަހު ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާތައް އިއުލާނުކޮށްފިއެވެ.

ހޮނިހިރު ދުވަހު ސަރުކާރު ކޯލިޝަނުން ވަނީ، ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި، 73 ދާއިރާއެއްގެ ޕްރައިމަރީތައް ބާއްވާފައެވެ. ޕްރައިމަރީގައި ވޯޓަރސް ލިސްޓްގައި މައްސަލަތައް ޖެހިގެން މެމްބަރުންގެ މެދުގައި ހަމަނުޖެހުންތައްވެސް ހިނގިއެވެ. 

އެއިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާނުކޮށްފައި ވާއިރު، އެ އިންތިޚާބުގައި ޖުމުލަ 62769 މީހުން ވޯޓުލާފައިވާ ކަމުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ބުނެފައެވެ. އެއިންތިޚާބުގައި، 71،597 މީހުންނަށް ވޯޓުލެވޭ ކަމުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވޯޓަރސް ލިސްޓް ހާމަކުރި އިރު ވަނީ ބުނެފައެވެ.

ވަގުތީ ނަތީޖާތައް ދައްކާގޮތުން، އެކޯލިޝަނުގެ ޓިކެޓްގައި މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް 32 ދާއިރާއަކަށް ކުރިމަތި ލެއްވި އަންހެން ބޭފުޅުންގެ ތެރެއިން ޓިކެޓް ކަށަވަރު ކުރެއްވުނީ، މާފަންނު މެދު ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވި، އަސްމާ ރަޝީދަށެވެ. އޭނާ އަކީ ކުރިންވެސް އެގޮނޑި ފުރުއްވި ބޭކަނބަލެކެވެ.

އަސްމާގެ އިތުރުން ކުރީގެ ގިނަ މެމްބަރުންތަކެއްވެސް ވަނީ، މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރައްވާފައެވެ. އޭގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނާޒިމާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލާއި، ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސަޢުދުﷲ ޙިލްމީ އާއި، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބުދުއް ލަތީފް މުޙައްމަދާއި، އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ފަލާޙް އާއި، މާފަންނު ދެކުނު ކުރީގެ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާޢު (ބޮޗޭ) އާއި، ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ފަޒާދު އާއި، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައި.ބީ) ހިމެނިވަޑައިގަންނަވައެވެ. މިބޭފުޅުންގެ ތެރެއިން، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލް ޓިކެޓް ކާމިޔާބު ކުރެއްވީ ވިލިމާލެ ދާއިރާއިންނެވެ. އެހެން ބޭފުޅުން ޓިކެޓް ކާމިޔާބު ކުރައްވާފައި ވަނީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އެބޭފުޅުން ތަމްސީލް ކުރެއްވި ދާއިރާތަކަށް ވާދަކުރައްވައިގެންނެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ މަޖިލިސް ޕްރައިމަރީގެ ވަގުތީ ނަތީޖާ އިޢުލާނު ކުރި އިރު އެކޯލިޝަނުގެ 13 މެމްބަރަކަށް ޕްރައިމަރީއަކާއި ނުލައި، ޓިކެޓް ދިނުމަށް ވަނީ ކުރިން ނިންމާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.