Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

29 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލްކުރުމަށް މިއަދު ހުށައަޅާނެކަމުގައި އެމްޑީޕީން ބުނެފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ޢަޒުލްކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅާނެ ކަމުގައި އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ޢަޒުލްކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންވަނީ ފާސްކޮށްފައި ކަމަށެވެ. އަދި އެމައްސަލަ މިއަދު މަޖިލީހަށް ހުށައެޅުމަށް މަސައްކަތް ކުރަމުންދާކަމުގައިވެސް އެމެމްބަރު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ޢިތުބާރު ނެތްކަމުގެ ވޯޓުނަގައި މަޤާމުން ޢަޒުލްކުރުމަށްޓަކައި، މަޖިލީހުގެ 38 މެމްބަރަކު ސޮއިކުރައްވައި އެޤަރާރު މިހާރު ވަނީ ތައްޔާރުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލްކުރުމަށް ބޭނުންވަނީ 54 ވޯޓެވެ. އެމްޑީޕީއާ ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެކުގައި މިހާރު މަސައްކަތް ކުރައްވަން ފައްޓަވާފައި ވާއިރު، ދެ ޕާޓީގައި ޖުމުލަ 56 މެމްބަރުން ތިއްބަވައެވެ. އެހެންވެ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލްކުރުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު އިދިކޮޅަށް މަޖިލީހުގައި އެބައޮތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.