Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

30 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސުލްޖުމްހޫރިއްޔާ ޢަޒުލްކުރުމަށް އިދިކޮޅަށް އޮތް ފުރުޞަތު ހަނިކުރަން ސަރުކާރުން ސްޕްރީމްކޯޓަށް ހިނގައްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމުގައި، މަޖިލީހުގެ ޤަވާއިދަށް ގެނައި ބަދަލުން، ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމަށް ލިބޭ ފުރުޞަތު ހަނިކުރުމަށް ޤަވާއިދަށް ގެނައި ބަދަލު ބާޠިލްކުރުމަށް، ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އެ ދުސްތޫރީ މައްސަލަ ދިވެހިރާއްޖޭގެ ސްޕްރީމްކޯޓަށް ހުށައަޅާފައި ވަނީ، މި ޖެނުއަރީމަހުގެ 28 ވަނަ ދުވަހުގައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ، (ކ)، (އ) އަދި (ވ) ގައި، "މަޖިލީހުގެ ޖުމްލަ މެންބަރުން" މި ޢިބާރާތަށް ދީފައިވާ މާނަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީއާ ޚިލާފަށް ދީފައިވާ މާނަކުރުމެއް ކަމުގައި ބަންޑާރަ ނައިބު ދެކެވަޑައިގަންނަވައެވެ. އެހެންވެ ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ހުށައެޅި ދުސްތޫރީ މައްސަލައިގައި އެދިވަޑައިގެންފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ބާޠިލް އަކުރުތަކެއް ކަމުގައި ކަނޑައަޅައިދިނުމަށް ކަމުގައިވެސް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އިސްލާޙް ގެނައީ، އައު ސަރުކާރުގެ މަޤާމުތަކަށް ދިޔުމަށްޓަކައި ސަރުކާރަށް ނިސްބަތްވާ 6 މެމްބަރަކު އެބޭފުޅުން ތިއްބެވި މަޤާމުތަކުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެދާއިރާތަކުގެ ބައި-އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެންނެވެ. އެހެންވެ ކުރިޔަށް އޮތް ދައުރުގައި ރައްޔިތުންގެ މަޖިލީހުގައި އެދާއިރާތަކުގެ ގޮނޑިތަކުގައި މެމްބަރުން ނުތިއްބަވާނެތީ، މަޖިލީހުން ނިންމާ ނިންމުންތަކުގައި އެގޮނޑިތައް ތަމްސީލް ކުރާނެ މެމްބަރުން ނެތި ނަގާ ވޯޓުގައި އަދަދު ކަނޑައަޅަން ޖެހޭނީ އެގޮނޑިތައް ނުހިމަނާކަމުގައި މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މަޖިލީހުގެ ޤަވާއިދަށް ގެނައި އެބަދަލާއެކު ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު 54 ވޯޓުން މަޤާމުން ވަކިކުރެވެއެވެ. އެބަދަލު ގެނައި އިރު އެމްޑީޕީގައި 56 މެމްބަރުން ތިއްބެވިއެވެ. ފަހުން އޭގެ ތެރެއިން 13 މެމްބަރަކު، ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންނެވި ނަމަވެސް، މަޖިލީހުގެ ތެެރެއިން އެމްޑީޕީއާ ދަޑިމޮކްރެޓްސްއިން ގުޅިގެން މަސައްކަތް ކުރަން ފަށާފައިވާއިރު އެދެޕާޓީގައި 56 މެމްބަރުން އެބަތިއްބެވެ. ކުރިން އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރަން ބޭނުންވަނީ 58 ވޯޓެވެ.

ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލްކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައި އެމައްސަލަ މަޖިލީހަށް ވެއްދުމަށް ވަނީ ސޮއެ ހަމަކޮށް ތައްޔާރުވެފައެވެ. އެމައްސަލަ މަޖިލީހަށް ވަރަށް އަވަހަށް ހުށައަޅާނެ ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.