Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

01 Feb 2024
ޚަބަރު

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓް ބޮޑުކުރުމަށް ދަފްތަރެއް އެކުލަވާލަނީ

ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުން ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ޑޮލަރު ނެގޭ މިންވަރު އިތުރުކުރުމަށްޓަކައި ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ ޑޮލަރުގެ މަައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ ދަތިތައް ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ބީއެމްއެލްއާއި، އެމްއެމްއޭ އަދި މަތީ ތަޢުލީމާބެހޭ ވުޒާރާއާއިއެކު މަސައްކަތްކޮށް، މިކަމުގައި ހުރި ދަތިތައް ޙައްލުކޮށް ވީހާވެސް އަވަހަށް ނިޒާމު ޤާއިމުކޮށް ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.  އަދި މި ޚިދުމަތުގެ ފައިދާ ދަރިވަރުންނަށް ލިބޭކަން ކަށަވަރުކުރުމަށް، ބޭރުގައި ކިޔަވާ ދަރިވަރުންގެ އަދާހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްވެސް ހަަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުންދާކަމަށްވެސް ފިނޭންސްއިން ވިދާޅުވެއެވެ.

ފިނޭންސްގެ ބަޔާނުގައި ވަނީ ރާއްޖޭގެ ރަސްމީ ރިޒަރވް އިތުރުކުރުމަށާއި، ބޭންކިން ނިޒާމަށް މާރުކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރުުކުރުމަށްޓަކައި މާލީ ވުޒާރާއާއި އެމްއެމްއޭ އަދި ބޭންކުތައް ގުޅިގެން މަސައްކަތްތައް ފައްޓަވާފައިވާކަމަށެވެ.  

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޑޮލަރު ނެގޭ ލިމިޓް އިތުރުކުރަން، ވަޒީރުގެ މަޖިލީހުން ނިންމެވީ މިދިޔަ ޑިސެމްބަރުމަހު 25 ވަނަ ދުވަހުއެވެ. އެގޮތުން ސަރުކާރުން ނިންމަވާފައިވަނީ 750 ޑޮލަރުގެ ލިމިޓް، 1200 ޑޮލަރަށް އިތުރުކުރުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.