Advertisement

އަލްއުސްތާޛު އިސްމާއީލް ވިޝާމް --

01 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ޤައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެއް: ރައީސް

ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް ކަމަށާއި، ޤައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެން ވިޝާމްގެ އާއިލާ އަށާއި ބާ ކައުންސިލްގެ މެމްބަރުންނަށް ތަޢުޒިޔާ ވިދާޅުވެ ފޮނުއްވެވި މެސެޖުގައެވެ.

ވިޝާމް އަވަހާރަވުމާއި ގުޅިގެން ބާ ކައުންސިލުންވެސް ވަނީ، ވިޝާމްގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. ބާ ކައުންސިލްގެ ތަޢުޒިޔާގެ މެސެޖުގައި، ވިޝާމްގެ ވަކިވެވަޑައިގަތުމަކީ، ބާކައުންސިލަށާއި ދިވެހިރާއްޖޭގެ ޤާނޫނީފަންނަށް ލިބުނު ވަރަށްބޮޑު ފަޅުކަމެއް ކަމުގައި ވަނީ ބުނެފައެވެ. އަދި ބާކައުންސިލްގެ ރައީސް ކަމުގައި ވިޝާމް ހޭދަކުރެއްވި މުއްދަތުގައި، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނަށް ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައި ކަމުގައިވެސް ބާކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ބާކައުންސިލްގެ ރައީސް ކަމުގެ މަޤާމަށް 11 ޖޫން 2022 ގައި އިންތިޚާބުވެ ވަޑައިގެންނެވި، ޤާނޫނީ ވަކީލް ވިޝާމް އަވަހާރަވީ މިރޭގެ ވަގުތެއްގައި އޭނާ ދިރިއުޅުއްވާ ގެކޮޅުގައެވެ.

ވިޝާމްއަކީ، ރާއްޖޭގެ ޤާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ ވަކީލެކެވެ. ބޮޑެތި މައްސަލަތަކުގައި އޭނާ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައި ވާއިރު، އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.