Advertisement

އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު --- ފޮޓޯ: ޕޮލިސް

01 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ޕީޖީ ހުސައިން ޝަމީމަށް ޙަމަލާދިން މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ، އެމައްސަލައިގައި ބަޔަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް މައްސަލައިގެ ތަޙްޤީޤުގެ ވަރަށް ކުރީކޮޅު ކަމުން އޭގެ ތަފްސީލްތައް ހާމަކުރެވެން ނެތްކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އެ ހަމަލާ އާއި ގުޅިގެން 2 މީހަކު ހައްޔަރުކޮށްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ނާފިޒް ވިދާޅުވީ، ދެމީހަކު ހައްޔަރު ކުރެވުނު ނަމަވެސް އެކަމުގައި އިތުރު ބަޔަކު ބައިވެރިވެފައި ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، ކޮމިޝަނަރ އޮފް ޕޮލިސް  ޢަލީ ޝުޖާޢު ވިދާޅުވީ، ޕީޖީ ޝަމީމަށް ޙަމަލާ ދީފައި ވަނީ، މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށެވެ. އެމީހުން ހައްޔަރުކުރެވިފައި ވަނީ ގްރޭޓަރ މާލެ ސަރަހައްދުންކަމަށާއި ހައްޔަރުކުރެވުނު މީހުންގެ ވަނަވަރު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމުގައިވެސް ސީޕީ ވިދާޅުވިއެވެ. ސީޕީ ޝުޖާއު ވިދާޅުވީ، އެފަދަ ހަމަލާއެއް ބަޔަކު ދީފާނެ ކަމުގެ އިންޓަލިޖެންސް މައުލޫމާތެއް ކުރިން ފުލުހުންނަށް ލިބިފައި ނުވާކަމަށެވެ.

ޕީޖީ ޙުސައިން ޝަމީމަށް ޙަމަލާދީފައި ވަނީ އިއްޔެ ހެނދުނު މާލޭ ނޫރު މިސްކިތް ކައިރިން، ސައިކަލެއްގައި އައި ދެމީހެކެވެ. އެދެމީހުންގެ ހަމަލާ ހުއްޓުވީވެސް ޕީޖީ ޝަމީމެވެ. އެހާދިސާގައި ޕީޖީ ޝަމީމްގެ ވާތްޕުޅަށް އަނިޔާވެ އަތުގެ ކަށިގަނޑުގައި ރެނދުލާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.