Advertisement

ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީ -- ފޮޓޯ: އެމްއެންޑީއެފް

02 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގެ އުތުރުން ކަނޑުގެ ސަރަހައްދު ގައި ދިވެހި ސިފައިންގެ މަނަވަރުތައް ހަރަކާތްތެރިވަނީ

މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އިންޑިއާގެ ކަނޑުގެ ސިފައިން ވަދެ ރާއްޖޭގެ ތިން މަސްދޯންޏަކަށް އަރައި މަސްވެރިންނާއި ސުވާލުކޮށް، ބަލައި ފާސްކޮށްފައި ވަނިކޮށް، ރާއްޖޭގެ އަސްކަރިއްޔާއި އެސަރަހައްދު ޕެޓްރޯލް ކުރަންފަށައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް, އެމްއެންޑިއެފްއިން ވިދާޅުވީ، ކޯސްގާޑުގެ ޝިޕް ޝަހީދު އަލީ، ރާއްޖޭގެ އުތުރުން އިންޑިއާ އާއި ރާއްޖޭގެ އީއީޒެޑް ގުޅޭ ބޯޑަރު ސަރަހައްދުގައި މިހާރު ހަރަކާތްތެރި ވަމުންދާ ކަމަށެވެ. ބުދަ ދުވަހު އިންޑިއާ ސިފައިންގެ ކަނޑުގެ ދެ މަނަވަރަކުން ވަނީ، ތުރާކުނުގެ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގައި، 72 މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ 3 މަސްދޯންޏެއް ހުއްޓުވައި އެދޯނިތަކަށް އަރައި ބަލާފާސްކޮށްފައެވެ.

އިންޑިއާ ކަނޑުގެ ސިފައިން ރާއްޖޭގެ ސަރަހައްދަށް ވަދެ ހިންގި މިއަމަލަކީ ބައިނަލް އަޤުވާމީ ޤާނޫނުތަކާއި ޚިލާފު އަމަލެއް ކަމުގައި ޤާނޫނީ ދާއިރާގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. ބުދަދުވަހު އިންޑިއާ ސިފައިންގެ ދެ މަނަވަރެއް ރާއްޖޭގެ ސަރަހަދަށް ވަދެ މަސްދޯނިތަކަށް އެރުމުން އެކަން ސަރުކާރާއި ކަމާއި ބެހޭ ފަރާތްފަރަތްތަކުގެ ސަމާލުކަމަށް ގެނެސްފައި ވަނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުންނެވެ.

އިންޑިއާ ސިފައިން ހަތިޔާރާއިއެކު ދޯނި ފަހަރަށް އަރައި، ބަލައި ފާސްކުރަމުން ދިޔަ ވަގުތު ނަގާފައިވާ ވީޑިއޯތައް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ވަނީ އެޔޫނިއަންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިއަދު ޕޯސްޓްކޮށްފައެވެ.

ބުދަދުވަހު އިންޑިއާ ކަނޑުގެ ސިފައިން ރާއްޖޭގެ ސަރަހައްދަށް ވަދެ އަރާފައި ވަނީ، އަސުރުމާ-3 އަދި ނިރު-7 ދޯނީގެ އިތުރުން، މާހޯރަ-3 ނަމަކަށް ކިޔާ ދޯންޏަކަށެވެ. އެތިން ދޯންޏަށް ހަތިޔާރާއިއެކު އިންޑިއާގެ ކަނޑުގެ ސިިފައިން އަރައި ސުވާލުކޮށްފައި ވަނީ އެދޯނި ފަހަރުގައި ބޭނުންކުރާ މުވާޞަލާތީ ވަސީލަތްތަކާއި ބެހޭ ގޮތުން ކަމަށް މަސްވެރިން ވަނީ ބުނެފައެވެ. އިންޑިއާގެ ކަނޑުގެ ސިފައިން ރާއްޖޭގެ ސަރަހައްދަށް ޤަވާއިދާއި ޚިލާފަށް ވަދެ މިޢަމަލުތައް ހިންގި އިރު، ރާއްޖެއާ އިންޑިއާގެ ގުޅުން މިވަގުތު އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.