Advertisement

ހުޅުމާލެ ފޭސް 1 އިން އެންމެ ފަހުން ދޫކުރި ފްލެޓްތައް -- ފޮޓޯ: ނޫން.އެމްވީ

01 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ހުޅުމާލެ ފޭސް 1ގެ ބައެއް ފްލެޓްތަކަށް ދައްކަންޖެހޭ ކުލި ކުޑައެއް ނުވޭ!

ހުޅުމޭލެ ފޭސް 1ގައި ސޯޝަލް ހައުސިންގ ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ކުޑަކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައި ވީނަމަވެސް، ބައެއް ފްލެޓްތަކުގެ ކުލި ކުޑަ ނުވާކަމާއި، ކުލި ކުޑަކޮށްފައި ވަނީ ހަމައެކަނި އެޗްޑީސީއަށް ފައިސާ ދައްކަންޖެހޭ ފްލެޓްތަކުން އެކަނިކަން ހާމަވެއްޖެއެވެ.

އެޗްޑީސީން އިއްޔެ އާއްމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އެޗްޑީސީއަށް ފައިސާ ދައްކަންޖެހޭ ފޭސް 1 ގެ ފްލެޓްތަކަށް، މި ފެށުނު ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުންފެށިގެން، މެއިންޓަނަންސްފީ ނުހިމަނައި، ކުލީގެ %20 އިންސައްތަ ކުޑަކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ ހޮޓްލައިން 1516އަށް ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވުމަށްވެސް އެޗްޑީސީން ވަނީ އެދިފައެވެ.

އެޗްޑީސީއަށް ފައިސާ ދައްކަން ޖެހޭ، ފްލެޓްތަކުގެ ކުލިން %20  ކުޑަކުރި ނަމަވެސް، ހުޅުމާލެ ފޭސް 1ގައި ހުރި، ހައުސިންގ ފައިނޭންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ)އަށް ކުލި ދައްކަންޖެހޭ، ހުޅުމާލެ ފޭސް 1 އިން އެންމެ ފަހުން ދޫކޮށްފައިވާ 704 ފްލެޓްގެ ކުލި މިހާތަނަށް އަދި ކުޑަނުކުރާކަމުގައި އެކުންފުނީގެ ފަރާތުން އެކުންފުންޏަށް ފްލެޓް ކުލި ދައްކާ ފަރާތްތަކަށް ވަނީ މައުލޫމާތު ދީފައެވެ. އެނގިފައިވާ ގޮތުގައި ހުޅުމާލެ ފޭސް 1 އިން އެންމެ ފަހުން ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ދޫކުރި، 704 ފްލެޓްގެ ކުއްޔަށް ބަދަލެއް ގެނައުމާއި ގުޅޭ ގޮތުން، ސަރުކާރުން އެޗްޑީއެފްސީއާ މުޢާމަލާތެއް ކޮށްފައެއް ނުވެއެވެ.
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ދެއްކުން ލުއިކޮށްދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ ހަފްތާ 14ގައި ޙާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައިވެސް އެކަން ވަނީ ހިމަނާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.