Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

01 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ވަރަށް އަވަހަށް ފައިސާ ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

މަސްކިރުވާފައި މަސްވެރިންނަށް ނުދެވި ހުރި ފައިސާ، މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް އަވަރަށް އަވަހަށް މަސްވެރިންނަށް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު  ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ސޯޝަލް މީޑިއާގައި މިއަދު ފެށި ރައީސްގެ ޖަވާބު ސިލްސިލާގައި، ހިމަނާފައިވާ މަސްވެރިއެއްގެ ސުވާލަށް ދެއްވި ޖަވާބުގައެވެ.

މަސްވެރިޔާ ސުވާލުކޮށްފައިވަނީ މަސްވެރިން ކިރުވާ މަހަށް 48 ގަޑިއރުގެ ތެރޭގައި ފައިސާ ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންފައިވާ ވަޢުދާއި ގުޅޭ ގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުގައި ވިދާޅުވީ، އެމަނިކުފާނު ސަރުކާރާއި ހަވާލުވި އިރު މަސްވެރިންނަށް ވަރަށް 250 މިލިޔަނަށްވުރެ ގިނަ ރުފިޔާ ނުދެވި ހުރިކަމަށެވެ. އަދި ސަރުކާރުން ވަނީ ދެފަހަރެއްގެ މަތިން ދުއިސައްތަ މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައި ވާކަމަށާއި، މިހާރުވެސް 270 މިލިޔަން ރުފިޔާ މަސްވެރިންނަށް ނުދެވި އޮތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"އެފައިސާ ދިނުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަ ގެންދޭ. މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް އެފައިސާ ވަރަށް އަވަހަށް ހަވާލުކުރަން އަޅުގަނޑުމެން މިމަސައްކަތް ކުރަނީ"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަރަށް އަވަހަށް ދެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. މިގޮތުން ހުރިހާ މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާއެއް ހަމަ ވަރަށް އަވަހަށް ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށާއި، އަދި ކުރިޔަށް އޮތް ތަނުގައި ބޮޑު އަދަދަކުން ފައިސާ ނުދެއްކި އޮންނަ އޮތުމަށްވެސް ހައްލު ހޯއްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މަސްވެރިން ކިރުވާ މަހަށް ފައިސާ ނުލިބޭތީ، ދޯނި ފަހަރަށް ތެެޔޮ އަޅައިގެން ނުދުއްވޭ ހާލަތަށް ގޮސްފައިވާ ކަމުގައި މަސްވެރިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.