Advertisement

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ މެމްބަރުން -- ފޮޓޯ: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން --

01 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ބޮޑު ކަންނެލި މަސްވެރކަން ކުރާ ފަރާތްތަކުގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައިފި

ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ސަރުކާރަށް ގޮވާލައިފިއެވެ.

އިންޑިއާ އަސްކަރިއްޔާގެ ދެ މަނަވަރެއްގެ ސިފައިން، ރާއްޖޭގެ ސަރަހައްދަށް ވަދެ، ކަންނެލި މަސްވެރިކަން ކުރަމުން ދިޔަ ރާއްޖޭގެ ތިން ދޯންޏަކަށް ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް އަރައި، އެއުޅަނދުތައް ބަލައި ފާސްކުރުުގެ އަމަލުތަކެއް އިއްޔެ ވަނީ ހިންގާފައެވެ. އެކަމުގެ ކަންބޮޑުވުންތަކާއި އެކު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ. އެޖަމިއްޔާގެ މެމްބަރު ތިން ދޯންޏަކަށް، ބޭރު ޤައުމެއްގެ އަސްކަރީ ސިފައިން އަރައި،ބިރުދައްކައި، މުވާޞަލާތީ ވަސީލަތްތަކުގެ މައުލޫމާތު ދިނުމަށް މަޖުބޫރުކޮށް، މަސްވެރިކަން ކުރުމަށް ހުރަސް އެޅުމަކީ، އެޖަމިއްޔާއިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. 

އަދި ހަމަ އެހެންމެ ފަހަކަށް އައިސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާއަޅައިގެން ބޭރުގެ ބޯޓު ފަހަރު މަސްވެރިކަން ކުރުން އިންތިހާއަށް އިތުރުވަމުން ދިޔުމަކީވެސް އެޖަމިއްޔާއިން ކަންބޮޑުވާ ކަމެއް ކަމުގައި ބޮޑުކަންނެވި މަސްވެރިންގެ ޔޫނިއަންއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ކަންނެލި މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިވެހި މަސްކަނޑުތައް ބެލެހެއްޓުން އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.