Advertisement

ވިޝާމް އަވަހާރަވުމުގެ ހިތާމައިގައި ބާރ ކައުންސިލުން ޕޯސްޓްކުރި ތަޢުޒިޔާގެ މެސެޖުގައި ހިމަނާފައިވާ ފޮޓޯ --

01 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ވިޝާމްގެ ވަކިވެ ދިޔުމަކީ ޤާނޫނީ ދާއިރާއަށް ލިބުނު ހުސްކަމެއް: ރައީސް ޞާލިޙް

ބާ ކައުންސިލްގެ ރައީސް އަދި ކުޅަދާނަ ޤާނޫނީ ވަކީލް އިސްމާޢީލް ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވުމުން ރާއްޖޭގެ ޤާނޫނީ ދާއިރާއަށް ލިބިގެން އެދިޔައީ ނުހަނު ބޮޑު ހުސްކަމެއް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބާ ކައުންސިލްގެ ރައީސް އިސްމާޢީޅް ވިޝާމް އަވަހާރަވުމާއި ގުޅިގެން އެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވައި ކުރެއްވި ޕޯސްޓްގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އެހާ ޒުވާން އުމުރުގައި ރާއްޖޭގެ ލީގަލް ޕްރޮފެޝަން ކުރިއެރުވުމަށް ވިޝާމް ކޮށްދެއްވި މަސައްކަތް އަބަދުވެސް ފާހަގަކޮށްލެވޭނެކަމަށެވެ.

ބާކައުންސިލްގެ ރައީސް ކަމުގެ މަޤާމަށް 11 ޖޫން 2022 ގައި އިންތިޚާބުވެ ވަޑައިގެންނެވި، ޤާނޫނީ ވަކީލް ވިޝާމް އަވަހާރަވީ ރޭގެ ވަގުތެއްގައި އޭނާ ދިރިއުޅުއްވާ ގެކޮޅުގައެވެ.

ވިޝާމްއަކީ، ރާއްޖޭގެ ޤާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ ވަކީލެކެވެ. ބޮޑެތި މައްސަލަތަކުގައި އޭނާ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައި ވާއިރު، އޭނާއަކީ، އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.