Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

05 Feb 2024
ޚަބަރު

ނެމީބިއާގެ ރައީސް އަވަހާރަވުމާއި ގުޅިގެން ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމަވައިފި

ނެމީބިއާގެ ރައީސް ހާގޭ ގެންގޮބް، އަވަހާރަވުމާ ގުޅިގެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. 

ރައީސް އޮފީހުން ނެރުއްވާފައިވާ ދެންނެވުމުގައި ވިދާޅުވެފައިވަނީ ނެމީބިއާގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި، 2 ދުވަހަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އެއީ ފެބުރުވަރީ 6 ވާ އަންގާރަ ދުވަހުން ފެށިގެން ފެބުރުވަރީ 7 ވާ ބުދަ ދުވަހުގެ ނިޔަލަށެވެ.

ނަމީބިޔާގެ ރައީސް އަވަހާރަވީ ކެންސަރު ބަލީގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމުރުފުޅުން 82 އަހަރުގައެވެ. ނަމަވެސް, ގެންގޮބް އަވަހާރަވެފައި ވަނީ އެ ބަލީގައި ކަން އޭނާގެ އޮފީހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އޭނާ އަވަހާރަވުމާ ގުޅިގެން, ނައިބު ރައީސް ނަންގޯލުން ބުމްބާ ވަނީ ވަގުތީ ގޮތުން ރިޔާސަތާ ހަވާލުވެ ވަޑައިގަންނަވާފައެވެ. 

ނަމީބިޔާގެ ބޮޑުވަޒީރު ކަމުގެ މަޤާމާ 2012 ވަނަ އަހަރު ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެނީ ވިޔަފާރިއާއި ސިނާޢަތާ ބެހޭ ވަޒީރު ކަމުގެ މަޤާމުގައެވެ. 2014 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބު ކުރައްވާފައި ވަނީ 87 އިންސައްތަ ތާޢީދާ އެކުގައެވެ. ނަމަވެސް, 2019 ވަނަ އަހަރުގެ ނޮވެންބަރު މަހު ބޭއްވި އިންތިޚާބުގައި އޭނާއަށް ކާމިޔާބީ ލިބިވަޑައިގަތީ ވަރަށް ހަނި ފުރުޞަތަކުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.