ބަދަލު ހިފުމުގެ ރޫޙެއް ސަރުކާރުން ނުގެންގުޅުއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މި ހިނގާ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އެމަނިކުފާނު ކުރައްވާނެކަމެއް ނޫންކަމަށެވެ. އެހެން ނަމަވެސް ޤާނޫނީ ވެރިކަން ދަމަހައްޓައި ނަގަހައްޓަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.