Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

05 Feb 2024
ޚަބަރު

ދައުލަތުގެ ހަރަދުގައި ހައްޖަށް ދިއުމުގެ ފުރުސަތު ދެނީ 69 އަހަރު ނުވާ މީހުންނަށް

ފަގީރުންގެ ދަފްތަރުން ދައުލަތުގެ ޚަރަދުގައި ޙައްޖަށް ދިޔުމުގެ ފުރުސަތު ލިބޭނީ، ފަޤީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން އެއަހަރަކު ޙައްޖަށް ގެންދިޔުމަށް މީހުން ހޮވުމާއި ހަމައަށް ޢުމުރުން 69 އަހަރު ނުފުރޭ މީހުންނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

އިސްލާމިކް މިނިސްޓްރީން އާންމުކުރައްވާފައިވާ "ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް މީހުން ގެންދާނެ ގޮތުގެ އުސޫލު" ގައި ވަނީ ކޮންމެ އަހަރަކު ޙައްޖަށް ގެންދާނެ މީހުންގެ ޢަދަދު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން އިސްލާމިކް މިނިސްޓަރު ކަމަށެވެ. މިފުރުސަތު ލިބޭނީ، ކޮންމެ އަހަރެއްގެވެސް ފަޤީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ދައުލަތުގެ ޚަރަދުގައި ޙައްޖަށް ދިޔުމަށް މީހުން ހޮވުމާ ހަމައަށް ޢުމުރުން 69 އަހަރު ނުފުރޭ ސިއްޙަތު ރަނގަޅު މީހުންނަށް ކަމަށް އުސޫލުގައިވަނީ ބަޔާންކުރައްވާފައެވެ.

ދައުލަތުގެ ޚަރަދުގައި ޙައްޖަށް ގެންދާ މީހަކީ އަތޮޅުތެރޭގެ ރަށަކުން އަންނަ މީހެއްނަމަ ޙައްޖަށް ދިޔުމަށް މާލެ އައުމާއި، ޙައްޖަށްފަހު އެނބުރި ރަށަށް ދިޔުމަށް ހިނގާ ޚަރަދު ސަރުކާރުން ހަމަޖައްސާ ދޭނެއެވެ. މިއުސޫލުގެ ދަށުން ޙައްޖަށް ގޮސް އަޅުކަމުގެ ތެރޭގައި ޚާއްސަ ސިއްޙީ ޙާލަތެއް މެދުވެރިވެއްޖެނަމަ އެކަމަށް ހިނގާ ޚަރަދުވެސް ހަމަޖައްސާ ދޭނެކަމަށް މިއުސޫލުގައިވެއެވެ.

ދައުލަތުގެ ޚަރަދުގައި ޙައްޖަށް މީހުން ގެންދިޔުމަށް ނިންމާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ރިޒާވް ކޯޓާގެތެރެއިންނެވެ. އަދި މިފަރާތްތައް ޙައްޖަށް ގެންދިޔުމުގެ މަސްއޫލިއްޔަތު ޙަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.