Advertisement

ހުޅުމާލޭގެ މިސްކިތެއް --

04 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ގައްޒާގެ ޙާލަތު ބަދަލެއް ނުވޭ! ޤުނޫތުއްނާޒިލާ ކިޔުން ހުއްޓާލައިފި

ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުގެ ހަައްދުފަހަނަ އެޅި ސިފައިން ދޭންފެށި ހަމަލާތަކާއި ގުޅިގެން، ރާއްޖޭގެ މިސްކިތްތަކުގައި ފަރުޟު ނަމާދުތަކުގައި ކިޔަންފެށި ޤުނޫތުއްނާޒިލާ ކިޔުން ހުއްޓާލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގައިފިއެވެ.

ޤުނޫތު ނާޒިލާ ކިޔަން ފަށާފައި ވަނީ، އޮކްޓޫބަރު މަހުން ފެށިގެންނެވެ. އިސްލާމިކް މިނިސްޓްރީން ފޮނުވި ސާކިއުލާގައި ވާގޮތުން ޤުނޫތު ކިޔުން ހުއްޓާލާނީ މިރޭގެ މަޣުރިބު ނަމާދުން ފެށިގެންނެވެ. އެހެންނަމަވެސް މި ނިންމުން ނިންމި ސަބަބެއް އެމިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް އެކަމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޤުނޫތުއް ނާޒިލާއަކީ، ދާއިމީކޮށް ފަރުޟު ނަމާދުގައި ކިޔަންޖެހޭ އެއްޗެއް ނޫން ކަމަށެވެ.

މިނިސްޓަރ ޑރ. ޝަހީމް ކުރެއްވި ޕޯސްޓް

ފަލަސްޠީނުގެ ގާޒާ އަށާއި، ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ދީފައިވާ ހަމަލާތަކުގައި މިހާތަނަށް ވަނީ 27000 ވުރެ ގިނަ މީހުން ޝަހީދުވެފައެވެ. އޭގެ ތެރޭގައި 18000 ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އިޒްރާއީލުން ވަނީ ރޭވެސް ރަފަހްގެ ރެފިއުޖީ ކޭމްޕަކަށް ހަމަލާދީފައެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރާއީލުން ދަނީ އެމެރިކާގެ މަދަދާއި އެކު ހުއްޓާ ނުލައި ބޮންއަޅަމުންނެވެ. އަދި އެއްގަމު މަގުން ގާޒާއަށް ވަތް އިޒްރާއީލު ސިފައިން 3 މަސް ދުވަސް ފަހުން މިހާރު ގާޒާއިން ފައިބައިފައި ވާއިރު، އިޒްރޭލު ސިފައިންގެ އެތައް ބަޔަކު މަރުވެ އިޒްރޭލަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ. ޤަތަރުމެދުވެރިވެގެން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ ވާހަކަތައް ޙަމާސް އާއި އެކު ކުރިޔަށް ގެންދިޔުމަށް އިޒްރާއީލުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.