ޚަބަރު
13 Feb 2024
ޚަބަރު
ފްލެޓަށް ޝަރުޠުހަމަވާކަމަށް އޭސީސީން ނިންމި މީހުންނަށް އަންނަ ހަފްތާގައި ފްލެޓްދޭން ފަށަނީ
އެމަނިކުފާނު މިހެންވިދާޅުވީ، ފްލެޓް މައްސަލަ އާއި ގުޅިގެން، ހައުސިންގ މިނިސްޓަރާއި އެމިނިސްޓްރީގެ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާ ތަރިކައިގެ ކޮމިޓީއަށް ހާޟިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
13 Feb 2024
ޚަބަރު
ދެރަށެއްގައި ޕޮލިސް ޕޯސްޓްތައް ހުޅުވައިފި
ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަ ފުޅުގައި، ފިއްލަދޫއަކީ އަހުވަންތަ ކުށްމަދު އަމާން މުޖުތަމައެއްގެ ވެރި ބައެއް ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި މިރަށުގައި ފުލުހުން ގާއިމުވެ ތިބޭ ހިނދު މިރަށަކީ ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުށްމަދު އަމާން ވެއްޓެއް ގާއިމުވެފައިވާ ރަށެއްގެ ގޮތުގައި ބާއްވައިދިނުމަށް އެދިވަޑައިގެންނެވިއެވެ.
13 Feb 2024
މޯލްޑިްވްސް ޕޮލިސް ސަރވިސް
އިމާރާތުގެ މަތިން ވެއްޓުނު މީހާ މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، އުމުރުން 20 އަހަރުގެ އިންޑިއާގެ ފިރިހެނަކު މިއަދު 10:30 ހާއިރު ވެއްޓުނީ، މާލޭ ޗާނދަނީ މަގަށް ވާގޮތަށް ހުރި އިމާރާތެއްގެ 9 ވަނަ ބުރިންނެވެ. ސިޑިގޮޅީގެ ތެރެއިން ވެއްޓި އޭނާ ޖެހުނީ ގްރައުންޑް ފްލޯއަށެވެ.
13 Feb 2024
ޚަބަރު
އެމްޑީޕީގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބު އަންނަމަހު 2 ގައި
އެމްޑީޕީން ބުނީ، އެޕާޓީގެ، ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުޞަތު މިއަދުން ފެށިގެން 20 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
13 Feb 2024
ޚަބަރު
އިމާރާތެއްގެ މަތިން ވެއްޓުނީ އިންޑިއާ މީހެއް، ހާލު ސީރިއަސް: ފުލުހުން
ފުލުހުންގެ އިދާރާއިން ބުނެފައި ވަނީ، އެމީހާ ވެއްޓިފައި ވަނީ މާލޭ ޗާނދަނީ މަގަށް ވާގޮތަށް ހުރި އިމާރާތެއްގެ 9 ވަނަ ފަންގިފިލާއިން ކަމަށާއި ސިޑި ގޮޅިން އޭނާ ވެއްޓިފައި ވަނީ އިމާރާތުގެ އެންމެ ތިރިއަށް ކަމަށެވެ.
13 Feb 2024
ޚަބަރު
މާލޭގައި އުސް އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މީހަކު ވެއްޓިފައި ވަނީ ޗާނދަނީ މަގުގައި ހުރި އިމާރާތެއްގެ މަތިން ކަމަށެވެ. އެމީހާ ވެއްޓުނީ އިމާރާތުގެ 9 ވަނަ ބުރިން ސިޑިގޮޅީގެ ތެރެއަށް ކަމުގައި ބައެއް މީހުން ބުނެފައިވެއެވެ.
13 Feb 2024
ޚަބަރު
ސަރުކާރުން މިދައުރަށް 24 ބިލެއް ހުށައަޅާނެ - މަޖިލީހުގެ ރައީސް
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، މިދައުރަށް ސަރުކާރުން ހުށައަޅަން ގަސްދުކުރާ ބިލްތަކުގެ ލިސްޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ އިއްޔެ ކަމަށެވެ. މިގޮތުން މިލިސްޓު މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރައްވާނެ ކަމުގައިވެސް މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވިއެވެ.
13 Feb 2024
ޚަބަރު
ރައީސް މައުމޫނުގެ ޕާޓީ އެމްއާރްއެމް އުވާލީ ޤާނޫނާއި ޚިލާފަށްކަން ކަނޑައަޅައި އެޕާޓީއަށް 50 ހާސް ރުފިޔާގެ ބަދަލެއް ދިނުމަށް ޙުކުމްކޮށްފި
އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ، ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގެ، (ހ) އާއި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ (1) އާ ޚިލާފު ނިންމުމެއްކަމަށް ސިވިލްކޯޓުން ވަނީ ކަނޑައަޅާފައެވެ.
13 Feb 2024
ޚަބަރު
އިޤުތިޞާދު ކުރިއަށް ގެންދެވޭނެގޮތާއި ގުޅޭގޮތުން ބޭރުގެ ފަރާތްތަކާއި އެކު މަޝްވަރާކުރައްވައިފި
އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސައިފް އަލް ސުވައިދީ އާއި އަދި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް)ގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ އާއި ބައްދަލުކުރައްވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
13 Feb 2024
ޚަބަރު
އިއްޔެ އާއި ހަމައަށް 183 މީހަކު ކެންޑިޑެންސީ ހުށައަޅައިފި
އިއްޔެ އަކީ މިހާތަނަށް އެއްދުވަހެއްގައި އންމެ ގިނަ ކެނޑިޑޭޓުން އިންތިޚާބުގައި ވާދަކުރުމަށްޓަކައި ފޯމް ހުށައެޅި ދުވަހެވެ. އިއްޔެ އެކަނިވެސް 115 މީހުން ކެންޑިޑެންސީ ހުށައަޅާފައިވާ ކަމުގައި، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވިއެވެ.
12 Feb 2024
ޚަބަރު
ވަޒީރުންނާއި ސުވާލުކުރުމުގެ ޤާނޫނު އުވާލައި، ރައީސާއި ނައިބުރައީސްވެސް މަޖިލީހަށް ހާޟިރު ކުރެވޭ ގޮތް ހަދަނީ
ބިލު މަޖިލީހަށް ހުށައަޅުއްވައި ދެއްވަމުން، މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ، ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނަކީ، މިހިނދަށް ބޭނުމެއް އޮތް ޤާނޫނެއް ނޫން ކަމަށެވެ. އެޤާނޫނު އުވާލުމަށް ހުށައަޅުއްވަނީ އެހެންވެ ކަމަށާއި، ޤާނޫނު އަސާސީގެ 98 ވަނަ މާއްދާގައި، އޮންނަ ގޮތުން ސުވާލު ކުރުމުގެ ބާރު ދީފައި އޮންނަނީ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކަމަށެވެ.
12 Feb 2024
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ޕްރޮގްރާމް ފަށައިފި
އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ފުރަތަމަ ބުރު ފަށައިފިއެވެ. މި ތަމްރީން ޕްރޮގްރާމް ފުރަތަމަ ފަށާފައިވަނީ ގއ.ގެމަނަފުށީގައެވެ.
12 Feb 2024
ޚަބަރު
ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު ލިމިޓް ކުޑަކުރަން އުޅޭކަމުގެ އިޝާރާތެއް
ބޭންކްއޮފް މޯލްޑިވުސް އިން ބުނީ، ކާޑު ލިމިޓްތައް މިދަނީ މުރާޖަޢާ ކުރަމުން ދިޔަނަމަވެސް އަދި މިހާތަނަށް ބޭންކުން ވަކި ލިމިޓެއް ކަނޑަނާޅާ ކަމަށާއި، އަދި އައު ލިމިޓަކަށް އަމަލުކުރަން ފަށާނެ ތާރީހެއްވެސް ކަނޑަނާޅާކަމަށެވެ.
12 Feb 2024
ޚަބަރު
މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ މެމްބަރުން ކެންޑިޑެންސީ ފޯމް ހުށައަޅައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިފަހަރު 93 ދާއިރާއަކުން ކެންޑިޑޭޓުން ކުރިމަތިލައްވާއިރު، ހުރިހާ ދާއިރާއަކަށްވެސް ކެންޑީޑޭޓުން ނެރޭނެ ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.
12 Feb 2024
ޚަބަރު
ފައިލޭރިއާއަށް ސްކްރީން ކުރުމަށް ގައުމީ ކެންޕެއިނެއް ފަށަނީ
ފައިލޭރިއާއަށް ސްކްރީން ކުރުމަށް މުޅި ރާއްޖޭގައި ކެމްޕޭނެއް ފަށަން ތައްޔާރުވެއްޖެއެވެ. މި ކެންޕޭން ފަށާނީ އަންނަ ހުކުރު ދުވަހުއެވެ.
12 Feb 2024
ޚަބަރު
ބެޓީ ކްރޮކާގެ ކޭކް ފުއް ފެކެޓްގައި އުކުނު އަޅާ ތަޣައްޔަރުވެފައިވާތީ ވިއްކުން މަނާކޮށްފި
ބެޓީ ކްރޮކާގެ ކޭކް މިކްސް ޕެކެޓުތައް ވިއްކުން ހުއްޓާލަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ،އެމްއެފްޑީއޭ އިން އަންގައިފިއެވެ.