Advertisement

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް --

14 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި، ނައިބު ރައީސް ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދިޔުމަށް ނިންމައި އެމައްސަލަ އަނބުރާ ނަގައިފިއެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އިންނެވެ. އެޕާޓީގެ މެމްބަރަކު ވިދާޅުވީ، މައްސަލަ އަނބުރާ ނަގާފައި ވަނީ މިއަދު ކަމަށާއި، އެ މައްސަލައިގައި ސޮއިކުރެއްވި ގިނަ މެމްބަރުންވެސް އަނބުރާ ސޮއެ ނަގާފައިވާ ކަމަށެވެ. އޭގެ ސަބަބަކީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތު ކުރިޔަށް ގެންދިޔުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ނުފެންނާތީ ކަމުގައިވެސް އެ މެމްބަރުން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 23 މެމްބަރަކު ސޮއެކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ ހުސްވި ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގައެވެ. މިއަދު މައްސަލަ އަނބުރާ ނެގި އިރު މަޖިލީހުގައި އެމައްސަލަ ކުރިޔަށް ގެންދިޔުމަށް މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް އޮތީ ނޯޓިސްވެސް ފޮނުވާފައެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރު ކޯލިޝަނުން މަޖިލީހަށް ވެއްދި އިރު، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރެވޭނެ އަޣުލަބިއްޔަތެއް ސަރުކާރު ކޯލިޝަނަކަށް ނެތެވެ. އެމްޑީޕީއާ ޑިމޮކްރެޓްސް އާއެކުގައި މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރަން ފަށާފައިވާއިރު، އެދެޕާޓީގައި 56 މެމްބަރުން ތިއްބަވައެވެ. ސަރުކާރަށް ތާއީދުކުރާ ތިއްބެވީ 24 މެމްބަރުންނެވެ. އަދި މަޖިލީހުގައި 6 ދާއިރާއެއްގެ ގޮނޑިތައް ހުސްވެފައިވާ އިރު މިދައުރުގައި އެގޮނޑިތަކަށް މެމްބަރުން އިންތިޚާބެއް ނުކުރާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.