Advertisement

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވާހަކަފުޅު ދެއްކެވުން ---

13 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ފްލެޓަށް ޝަރުޠުހަމަވާކަމަށް އޭސީސީން ނިންމި މީހުންނަށް އަންނަ ހަފްތާގައި ފްލެޓްދޭން ފަށަނީ

ކުރީ ސަރުކާރުން އިއުލާނުކުރުި ގެދޮރުވެރިޔާ ހައުސިންގ ސްކީމްގެ ތެރެއިން ފުލެޓް ދިނުމަށް ކަނޑައެޅި 4000 މީހުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ މީހުންކަމަށް އޭސީސީން ކަނޑައެޅި މީހުންނަށް އަންނަ ހަފްތާގައި، ފްލެޓް ދޫކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި ހައުސިންގ މިނިސްޓަރު ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ، ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ، ފްލެޓް މައްސަލަ އާއި ގުޅިގެން، ހައުސިންގ މިނިސްޓަރާއި އެމިނިސްޓްރީގެ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާ ތަރިކައިގެ ކޮމިޓީއަށް ހާޟިރުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ހައުސިންގ މިނިސްޓަރ ޢަލީ ހައިދަރު ވިދާޅުވީ ސަރުކާރު ބަދަލުވިއިރު، ގެދޮރުވެރިޔާ ފްލެޓް ދޫކުރުމުގެ މަސައްކަތް އޭސީސީން އޮތީ ހުއްޓުވާފައި ކަމަށެވެ.

"އެބޭފުޅުން އެކުރެއްވި ތަޙްޤީޤެއް ކުރައްވައި ނިންމަވާފައި، އަޅުގަނޑުމެންނަށް ފޮނުވި ސިޓީގައި، ވިދާޅުވަނީ، އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން 15 ނޮވެމްބަރު 2023ގައި ދިވެހި ސަރުކާރުގެ ގެޒެޓްކޮށް އާއްމުކޮށްފައިވާ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން 70 ޕޮއިންޓަށްވުރެ މަތިން، އެއީ 3 ކޮޓަރިއަށް ކޮލިފައިވާވަރު އަދި، 73 ޕޮއިންޓަށް ވުރެ މަތިން އެއީ ދެކޮޓަރިއަށް ކޮލިފައި ވާވަރު، ލިބިފައިވާ މީހުންގެ ތެރެއިން %20 މީހުން ހުށައަޅާފައިވާ ފޯމުގައި އެއްވެސް މައްސަލައެއް ހުރިކަމަށް ފާހަގަ ނުވާއިރު، %59 އިންސައްތަ މީހުންގެ ކިބައިގައި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލުގެ 3 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަ ނުވާކަން. ދެން އެހެންވީމާ މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައިވާ ލިސްޓުގައި މިހާތަނަށް ޝަރުޠުހަމަވާކަމަށް ކަނޑައަޅާފައިވާ، %20 މީހުންގެ ފޯމް ނަމްބަރުތައް އެކަނި. އިނގޭތޯ؟ އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ ލިސްޓަކީ، އެލިސްޓް އަޅުގަނޑުމެން ޝެއާ ކުރާނަން މިކޮމިޓީގައި."

ހައުސިން މިނިސްޓަރ ޑރ. ޢަލީ ހައިދަރު

ހައުސިން މިނިސްޓަރ ވިދާޅުވީ، މިހާރު މަސައްކަތް ކުރައްވަމުން ދަނީ އޭސީސީން ފޮނުވާފައިވާ ލިސްޓުގައިވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކަމަށާއި، މަސައްކަތްކުރައްވަމުން ދަނީ ވީހާވެސް އަވަހަކަށް ޝަރުޠު ހަމަވި މީހުންނަށް ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ފެށޭތޯ ކަމުގައި މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ހައިދަރު ވިދާޅުވީ، ކުރީ ސަރުކާރުން ޝަރުޠު ހަމަވާކަމަށް ކަނޑައެޅި %59 އިންސައްތަ މީހުންނަކީ، ޝަރުޠު ހަމަނުވާ މީހުންކަމުުގައި އޭސީސީން ކަނޑައަޅުއްވާފައިވާކަމަށާއި، މެޖޯރިޓީއަށް ވުރެ ބޮޑު އަދަދެއް ޝަރުޠު ހަމަނުވުމަކީ އޮތް ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން އެކަން ބައްލަވައި ރީޗެކް ކުރައްވާނެ ކަމުގައި މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ. 

ކުރީސަރުކާރުގައި ގެދޮރުވެރިޔާ ބޯހިޔާވަކަމުގެ ސްކީމުގެ ދަށުން، އެންމެ ފުރަތަމަ ދޫކުރަން ނިންމި، 4000 ފްލެޓް ލިބޭ ފަރާތްތަކާއިއެކު ކުރީ ސަރުކާރުން އެގްރީމެންޓްތައްވެސް އޮތީ ހަދާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.