Advertisement

ގުޅިފަޅު ---

14 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ހައިކޯޓުން ހުއްޓުވައިފި

ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ވަގުތީ ގޮތުން ހުއްޓާލުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ. 

ހައިކޯޓުން މިއަމުރު ނެރެފައި ވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ދެކޮޅަށް، އަމިއްލަ ފަރާތަކުން ސިވިލްކޯޓަށް ހުށައެޅި ވަގުތީ އަމުރާއި ގުޅޭ މައްސަލަ ދިވެހި ރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފް ކުރުމާއި ގުޅިގެންނެވެ.

ގުޅީފަޅު ބިންހިއްކުމުގެ މަޝްރޫޢު ހުއްޓުވުމަށް، ހައުސިންގ މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ދިޔައީ، ހ. ޝޭޑީކޯނަރ، ޙުމައިދާ ޢަބްދުލްޤަފޫރެވެ.

ސިވިލްކޯޓަށް ޙުމައިދާ ހުށައަޅުއްވާފައި ވަނީ، ގުޅިފަޅު މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެމަޝްރޫޢު ހުއްޓުވުމަށެވެ. އަދި އެމަޝްރޫއުގެ ޝަރީއަތް ނިމެންދެން އެމަޝްރޫޢު ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ސިވިލްކޯޓަށް ހުމައިދާ ހުށައަޅުއްވާފައި ވީނަމަވެސް އެކޯޓުން ނިންމާފައި ވަނީ އެމައްސަލައިގައި ވަގުތީ އަމުރެެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ. އެހެން ވަގުތީ އަމުރުގެ މައްސަލަގައި ސިވިލްކޯޓުން ނިންމި ނިންމުން ޙުމައިދާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފުކޮށްފައި ވަނީ، ހުސްވި މާރިޗު މަހުގެ 15 ވަނަ ދުވަހުގައެވެ.

އެހެންވެ ހައިކޯޓުން ވަގުތީ އަމުރުގެ މައްސަލަ ނިންމަވައި، ހައިކޯޓުން ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު މިއަދު ހުއްޓާލުމަށް އަމުރުކުރެއްވީ ވަގުތީ އަމުރަކަށް އެދި ހުމައިދާގެ ފަރާތުން ހުށައެޅިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުން، އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައެޅި އިސްތިއުނާފު މައްސަލައަށްވެސް 11 މަސް ދުވަސް ވީފަހުންނެވެ.

އެމަޝްރޫޢު ހުއްޓުވުމަށް ހުމައިދާ ކޯޓަށް ވަޑައިގެންނެވި އިރު، އޮތް ޙާލަތު މިހާރު އޮތީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އަދި ފާއިތުވި އެއް އަހަރުގެ ތެރޭގައި ގުޅިފަޅުގެ ބޮޑު ބައެއް ވަނީ ހިއްކައި ނިމިފައެވެ. މީގެ އިތުރުން، މިސަރުކާރުންވެސް ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކާނެކަން ޢިއުލާނުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.