Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

12 Feb 2024
ޚަބަރު

ފައިލޭރިއާއަށް ސްކްރީން ކުރުމަށް ގައުމީ ކެންޕެއިނެއް ފަށަނީ

ފައިލޭރިއާއަށް ސްކްރީން ކުރުމަށް މުޅި ރާއްޖޭގައި ކެމްޕޭނެއް ފަށަން ތައްޔާރުވެއްޖެއެވެ. މި ކެންޕޭން ފަށާނީ އަންނަ ހުކުރު ދުވަހުއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށް އަންނަ ހަފުތާގައި މުޅި ރާއްޖޭގައި ސްކްރީނިން ގެންދަނީ ރެޑް ކްރެސެންޓާއި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރު އަދި ކައުންސިލްތައް ގުޅިގެން ކަމަށެވެ.

އޭގެ ތެރެއިން މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ބައެއް ރިސޯޓުތަކާއި ސިނާއި މަސައްކަތްކުރާ ރަށްރަށުގައި ސްކްރީނިން ގެންދަން ވަނީ ނިންމައިފައެވެ.

ޓީމުތަކުން އެ ގޭގެއަށް އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 9:00 އާ ދޭތެރޭގެ ވަގުތެއްގައި ޒިޔާރަތްކޮށް ސާމްޕަލް ނަގާނެއެވެ.

އެޗްޕީއޭއިން ބުނީ ސްކްރީނިންގައި ކޮންމެ ރަށަކުން ވެސް ބައިވެރިކުރާނީ ވަކި އަދަދަކަށް، ގުރުއަތުން ހޮވޭ 18 އަހަރުން މަތީގެ ދިވެހިންނާއި ބިދޭސީން ކަމަށެވެ. ފައިލޭރިއާއަށް ޓެސްޓުކުރާނީ ގައިން ލޭ ނެގުމަށްފަހު ހަދާ އެންޓިޖެން ޓެސްޓުންނެވެ. އޭގެ ނަތީޖާ 10-15 މިނެޓުގެ ތެރޭގައި ލިބޭނެއެވެ.

ބިދޭސީންގެ ތެރެއިން ވެސް ހޮވޭ ފަރާތްތަކަށް ސްކްރީނިން ކުރިއަށް ގެންދިއުމަށްޓަކައި ވަޒީފާ ދިން ފަރާތްތަކާ ވާހަކަދައްކާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެ އެޖެންސީން ވަނީ ހުޅުމާލެއިން ހޮވާލެވޭ ސަރަހައްދެއްގައި އެ ސްކްރީނިން ޕްރޮގްރާމްގެ ޕްރީ-ޓެސްޓު ކުރުމުގެ މަސައްކަތް ގެންދަން ވެސް ނިންމައިފައެވެ.

ރާއްޖެއިން ފައިލޭރިއާ ނައްތާލިކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2016 ވަނަ އަހަރު އެވެ. ނަމަވެސް، ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން ހދ. ކުޅުދުއްފުށީގައި މިދިޔަ ޑިސެމްބަރު މަހު ހެދި ރެންޑަމް ސްކްރީނިންއަކުން އެ ބަލި ޖެހިފައި ތިބި ބިދޭސީންތަކެއް ވަނީ ފެނިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.