Advertisement

12 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ކުރާނެ މަސައްކަތެއް ނެތިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ކުރާނެ އިތުރު މަސައްކަތެއް ނެތުމާއި އެކު، ޖަލްސާ ކުރުކޮށްލައްވައިފިއެވެ.

މިއަދު ހެނދުނު ފެށި ޖަލްސާ ދެމިގެން ދިޔައީ ދޮޅުގަޑި އިރަށެވެ. ޖަލްސާ ނިންމަވާލެއްވިކަން ރިޔާސަތުން އިޢުލާނު ކުރެއްވީ ހެނދުނު 10:45 ގައެވެ.

ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ކުރާނެ އިތުރު މަސައްކަތެއް ނެތްކަމަށާއި ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވަވާނީ، މާދަމާ ހެނދުނު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި މިއަދު ހިމަނާފައިވާ ކަންކަމުގެ ތެރެއިން، ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު ޢަބުދުﷲ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމާއި ކުރައްވާ ސުވާލު ކުރެއްވުމާއި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށައެޅުއްވި ޤަރާރުގެ ފުރަތަަމަ އިއްވުން ކުރިޔަށް ގެންދެވިއެވެ.

މީގެ އިތުރުން ހޯރަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ހުށައަޅުއްވާފައިވާ، ވަޒީރުންނާއި ސުވާލުކުރުމުގެ ޤާނޫނު އުވައިލެއްވުމުގެ ބަހުސް ކުރިޔަށް ގެންދިޔައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޟިރުވީ ވަރަށް މަދު މެމްބަރުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.