Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

12 Feb 2024
ޚަބަރު

ބެޓީ ކްރޮކާގެ ކޭކް ފުއް ފެކެޓްގައި އުކުނު އަޅާ ތަޣައްޔަރުވެފައިވާތީ ވިއްކުން މަނާކޮށްފި

ބެޓީ ކްރޮކާގެ ކޭކް މިކްސް ޕެކެޓުތައް ވިއްކުން ހުއްޓާލަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ،އެމްއެފްޑީއޭ އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ބެޓީ ކްރޮކާގެ ޕެކެޓުތަކުގައި އުކުނު ހުރި ކަމަށް ބުނެ އާންމު ފަރާތްތަކުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން މާލޭގެ ބާޒާރުތަކުން އެ އުފެއްދުންތަކުގެ ސާމްޕަލްތައް ނަގާ ޓެސްޓު ކޮށްފައިވާ ކަމަށެވެ.

އެ ސާމްޕަލްތަކުގައި ގަނޑުލާފައި ހުރި ކަމަށާއި ބައެއް ސާމްޕަލްތައް އުކުނާއި ދިރޭ ސޫފިތަކުން ތަޣައްޔަރުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެފްޑީއޭއިން މަނާކުރި ބާވަތްތަކުގެ ތެރޭގައި ހިމެނެނީ: 

* 432 ގްރާމް، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް ޗޮކްލެޓް ފަޖް (މުއްދަތު ހަމަވާ ތާރީހް: މާޗު 18، 2024)

* 432 ގްރާމް، ބެޓީ ކްރޮކާ ސުޕަ މޮއިސްޓް މިލްކް ޗޮކްލެޓް (މުއްދަތު ހަމަވާ ތާރީހް: އޭޕްރިލް 13، 2024)

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.