Advertisement

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ---

16 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އިޤުތިޞާދީ ޙާލަތު އަންނަނީ ކުރިއަށްވުރެވެސް ބާރަށް ރަނގަޅުވަމުން: އިކޮނޮމިކް މިނިސްޓަރ

ރާއްޖޭގެ އިޤުތިޞާދީ ހާލަތު އަންނަނީ ކުރިޔަށްވުރެވެސް ބާރަށް ރަނގަޅުވަމުން ކަމުގައި އިކޮނޮމިކް މިނިސްޓަރ، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސަޢީދު މިހެން ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދީ ޙާލަތާއި މެދު ބައެއް ފަރާތްތަކުން، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާ ވާހަކަތަކާއި ގުޅިގެން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

ރާއްޖެ ބަނގުރޫޓުވެއްޖެ ކަމަށާއި، އައިއެމްއެފްގެ ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވާން އުޅޭ ކަމަށް ބުނެ، ސަރުކާރަށް ފާޑުކިޔާ އެކްސް އެކައުންޓަކުން ދަނީ، ވާހަކަތައް ފަތުރަމުންނެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވަމުންދާކަމަށާއި، މި ދެމަސް ދުވަހަކީ، ރާއްޖެއަށް އިޤުތިޞާދީ ގޮތުން އެންމެ ތަދު ދުވަސްތަކަށް ވާނޭ ކަމުގައި، ކޮޅުމަޑުލުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވެއެވެ.

ސޯޝަލްމީޑިއާގައި ފަތުރަމުންދާ ވާހަކަތައް ދޮގު ކުރައްވައި މިނިސްޓަރ ސަޢީދު ވިދާޅުވީ، ރާއްޖޭގެމާލީނިޒާމްގެ އިތުބާރުގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތްކުރަނީ އިންތިޒާރުކުރިގޯސްހާލަތަށް ރާއްޖެވައްޓާނުލެވުމުން ސިޔާސީގޮތުން މާޔޫސްވެގެން ކަމަށެވެ. އަދި އައިއެމްއެފްގެ ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވާން ނުޖެހޭ ކަމުގައިވެސް ސަޢީދު ވަނީ ވިދާުޅުވެފައެވެ.

ކޯވިޑް-19ގެ ހާލަތުގައި ރާއްޖެއަށް ދިމާވި މާލީ ހާލަތުން އަރައިގަނެ އިޤުތިޞާދު ހަމައަކަށް އެޅެމުން ދަނިކޮށް އަނެއްކާވެސް، ރާއްޖެއަށް އިޤުތިޞާދީ ގޮންޖެހުންތަކާއި ކުރިމަތިވެ ޤައުމު ބަނގުރޫޓުވެދާނެ ހާލަތަަކަށް ކަންކަން ގޯސްވަމުންދާކަމަށް ބުނެ މާލީ ދާއިރާގެ ތަޖުރިބާކާރުންވެސް ދަނީ، އަވަސް ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.